ވެލިދޫ އެމުނި ބޮޑުބެރު ގުރޫޕުން އިންތިޒާމްކުރި ހުސްއަލި މަސްރޭސް ނިމިއްޖެ

ވެލިދޫ އެމުނި ބޮޑުބެރު ގުރޫޕުން އިންތިޒާމްކޮށްގެން ފުރަތަމަފަހަރަށް ވެލިދޫގައި ބެއްވި “ހުސްއަލި މަސްރޭސް 1434″ ނިމިއްޖެއެވެ

6ޓީމެއް ދެގުރޫޕަކަށް ބަހާލައިގެން ކޮންމެޓީމެއް ދެބުރު މަހަށްފުރައި، ދެރޭގެ ނަތީޖާއިން ކޮންމެ ގުރޫޕަކުން 1ވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރުގައި ވާދަކުރި މިފޯރިގަދަ މަސްރޭހުގެ 1ވަނަ ހޯދީ ޚާލިދު އިބްރާހިމްގެ ކެޔޮޅުކަމުގެ ދަށުން ނުކުތް ކުރުމަސްޓީމެވެ.

1ވަނަ ޓީމަށް 3000ރުފިޔާގެ ފައިސާގެ އިނާމް، 2ވަނަ ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމް އަދި 3ވަނަ ޓީމަށް 1000ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ 2ވަނަ ހޯދީ އަލީ ޚާލިދުގެ ކެޔޮޅުކަމުގެ ދަށުން ބައިވެރިވި ދެބޯގުޑުވި ޓީމެވެ.

މިފޯރިގަދަ މަސްރޭހުގެ 3ވަނަ ހޯދާފައިވަނީ މުޖުތަބާ އާދަމްގެ ކެޔޮޅުކަމުގެ ދަށުން ނިކުތް ދަހިލަފޫޅު ޓީމެވެ. މި މުބާރާތުގައި 10.4ކިލޯގެ މަހެއްބާނައިގެން މުބާރާތުގެއެންމެ ބަރުމަސްބޭނި މަސްވެރިޔަކަށް ހޮވުނީ

ކުރުމަސްޓީމުގެ ޙުސެއިން ނިޝާނެވެ. އަދި މުބާރާތުގައި 33މަސް ބާނައިގެން އެންމެ ގިނަ މަސްބޭނި މަސްވެރިޔާގެ މަގާން ހޯދާފައިވަނީ ކުރުމަސްޓީމުގެ އިބްރާހިމް ހަސަނެވެ.

މިމަސްރޭހުގެ މަޤާމްތަކަށް އިނާމާއި ހަނދާނީ ލިއުން ހަވާލިކޮށްދެއްވީ ވެލިދޫ ކައުންސިލް މެމްބަރ މުޙައްމަދުފާއިޒާއި، ރިއަލް ސިޓީގެ މެނޭޖަރ ރިޒާގެ އިތުރުން މަސްރޭހުގެ މެއިންސްޕޮންސަރ ހުސްއަލި ކޮންސްޓްރަކްސަންގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން މުޙައްމަދެވެ.