ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން

shaban

ޝަޢްބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި އައިސްފައިވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. މާތްﷲރުއްސުންލެއްވިއުއްމު ސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ޝަޢްބާން މަހާރި ރަމަޟާން މަސް ފިޔަވާ ވިދިވިދިގެން ދެމަސްދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަނެއް ތިމަން ކަމަނާ ދެކިވަޑައި ނުގަންނަވަމުއެވެ”