އެސްފޯ ސަމްސަން އިން ދައްކާލައިފި

Samsung_Galaxy_S4_release_date_uk

ސަމްސަންގު އެސްފޯ ރިލީޒްކުރުމަށް ނިއުޔޯރކުގައި ބޭއްވި ހަފްލާގައި ފޯންގެ ފީޗާރސްތައްވަނީ ދައްކާލާފަ،  މިގޮތުން އެންމެ ފާހަގަ ކޮށްލެވުނު ފިޗާއަކީ އައި ސްކުރޯލް

އަދި ސުމާރޓް ޕޯސް ފީޗާއެވެ.ސްމާރޓް ސްކުރޯލް އަކީ ލޮލުގެ އިސާރާތުން  ސްކުރޯލް ކުރެވޭ ފީޗާއެއް.މީގެ އެންމެ ބޮޑު އެއްބޭނުމަކީ އެއްޗެއް ކިޔަމުންދާއިރު ލޮލުގެ އިސާރާތުން ޕޭޖް ސްކުރޯލް ކުރެވޭތީއެވެ.އަދި މީގެ އިތުރުން ސްމާޓް ޕޯސްއަކިވެސް ވަރަށް ފުރިހަމަ ފީޗާއެއް.މިފީޗާގެ އެންމެބޮޑު އެއްބޭނުމަކީ ވީޑިއޯއެއް ބަލަމުންދާއިރު ފޯނާ ދުރަށް ދިއުމުން ވަގުތުން ވީޑިއޯ ޕޯސް ކުރުން ނުވަތަ އެހެން ދިމައަކަށް ބެލުމުން  އޮޓޯއިން ޕޯސްވާނެއެވެ.

އަދި އެއާރ ގެސްޓަރ ފީޗާސްއަކީވެސް ވަރަށް ބޭނުންތެރި ފީޗާއެއް.މިފީޗާގެ އެންމެބޮޑު އެއްބޭނުމަކީ ވެބްބޮރޯސް ނުވަތަ މިއުސިކް ޕުލޭ ކުރަމުންދާއިރު އަތުގެ އިސާރާތުން ކޮންޓުރޯލް .ކުރެޥޭތި

އެސް3 އާ އަޅާބަލާއިރު ދާދި އެއްގޮތް ކަމެއް ބޭރުފުށުން ހުރިކަމުގައިވިޔސް މިފޯނަކީ ހާރޑުވެއާގެ ގޮތުން ބަލާއިރު މާފުރިހަމަ ފޯނެކެވެ.މިގޮތުން ފޯންގެ

ޑިސްޕުލޭ ރިސޮލިއުސަންއަށް ބަލާއިރު ދެގުނަ ބޮޑެވެ.އަދި ފޯން މަސައްކަތްކުރާ ސްޕީޑްވެސް މާބާރުވެފައި އަދި 13 މެގަޕިކުސެލްގެ ކެމެރާއަކީ މިއަށްއިތުރު ފުރިހަމަކަމެއް ގެނެސްދިންކަމެކެވެ.އަދި މިފޯންގެ ބެޓެރިއަކީ އެސް 3 އަށްވުރެން ބޮޑު ބެޓެރިއަކަށްވެފައި ގިނައިރު ފޯންބޭނުންކުރެވޭނެއެވެ.މިހާރު މާކެޓުގައި ހުރިފޯންތަކަށް ބަލާއިރު ހަމަޔަގީނުންވެސް އެސް 4 އަކީ ވަރަށް ފުރިހަމަފޯނަކަށް ނުވެނުދާނެކަމީ ސައްކެއްހުރި ކަމެއްނޫނެވެ.