އިންޑިއާ ހައިކޮމިސަން އޮފީހާއި އަންނި

indianމިއަދު މުޅިގައުމުގެ އެންމެންގެ ދޫމަތިން ދެކެވެމުންދާ އެންމެގިނައެއްވާހަކައަކީ ކުރީގެ ރައީސް ނަސީދު އިންޑިއާގެ ހައިކޮމިސަން އޮފީސްތެރެއަށް އަމިއްލަ ހަށިކޮޅުގެ ސަލާމަތައްޓަކައި ވެންނެވިވާހަކައެވެ.

ދިވެހިތާރީހުގައި އަދިމިވީހާތަނައް ދިވެހި ފަރުދަކު ބޭރުގައުމެއްގެ އެންބަސީގެ ހިމާޔަތް ހޯދިކަމެއް އެނގިފައެއްނެތެވެ.ވީއިރު މީދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ހިނގި މިފަދަހާދިސާއެވެ.ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ފިއްލެވުމައް ކުރެއްވިކަމެކޭ ،ނުވަތަ ވަރަަށް ފިޑި އަމަލެކޭ އިދިކޮޅުފަރާތްތަކުން ވިދާޅުވަމުންދާއިރު މިހާދިސާގައި ފޮރުވިފައިވާ އެތައްކަމެއްނުވެނުދާނެކަން ހަމަބުއްދިހިުރި ކޮންމެ ދިވެއްސަކަށްމެ ފަހުމުވާނެއެވެ.

އެމަނިކުފާނު އިންޑިއާ އަށްކުރެއްވި ރަސްމީ ދަތުރުފުޅާ މިކަމާ ނުގުޅިނުވާނެކަމީ އެއްވެސް ސައްކެއް އޮތްކަމެއް ނޫނެވެ.ކުއްލިޔަކަށް މީހަކު ތަނަކަށްވަދެ ހިމާޔަތް ހޯދުމަކީ އާދަޔާ ޚިލާފްކަމެކެވެ.އެމަނިކުފާނަށް އިންޑިޔާގެ ހިމާޔަތް ދިނުމާއެކެު ބާރުގަދަ ޖުމްލަތަކުން އެކުލެވޭ ،ބަޔާން އިންޑިއާ ސަރުކާރުން ނެރުއްވުމަކީވެސް މިކަމުގެ އަލިގަދަ ހަގީގަތެކެވެ.

ހަގީގަތަކީ އިންޑިއާ ހައިކޮމިސަންއާ އަންނިއާއި ގުޅުމެއްވާކަމެވެ.ހަގީގަތްނޭނގޭ ކަމަކީ އެއީ ކިހާވަރެއްގެ ގުޅުމެއްކަމެވެ.އަދި މިގުޅުމުގެ ފަހަތުގައިވަނީ ކޮން  ޕްލޭންއެއްކަމެވެ.