ވިންޑޯސް 8

މައިކުރޯ ސޮފްޓް އެންމެ ފަހުން ބާޒާރަށް ނެރުނު އޯއެސްގެ ނަމަކީ ވިންޑޯސް 8 މިއޯއެސް  އަކީ ކުރީގެ އޯއެސްތަކާ އަޅާބަލާއިރު މުޅިން ތަފާތު ގޮތަކަށް އުފައްދާފއިވާ ސޮފްޓްވެއާއް.މި ސޮފުޓްވެއާރ ޑިޒައިންކޮށްފައިވަނީ ޓަޗް ސްކުރީންބޭނުންކޮއްގެން ސޮފްޓްވެއާރ ބޭނުން ކުރާގޮތަށެވެ.އެންމެ ބޮޑަށް އެއްގޮތްވަނީ އެޕަލް އައިޕެޑާއެވެ.ވިންޑޯސް އެއިޓް  ލޯންޗް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮއް ހަފުލާއެއްގަ އެމެރިކާގެ ނިއުޔޯކް ސިޓީގަ.ވިންޑޯސް އެއިޓްގެ ދެ ވަރސަން އެއް ލިބެން ހުރެ،އެއީ ވިންޑޯސް އެއިޓް އަދިވިންޑޯސް އާރުޓީ.މިދެވާރސަން ފަރުމާ ކުރެވިފައިވަ ގޮތައް ބަލާއިރު ވިންޑޯސް އެއިޓް ފަރުމާ ކުރެވިފައިވަނީ ކޮމްޕިޔުޓާރސް އަށް ބޭނުން ކުރެވޭ ގޮތަށް އަދި ވިންޑޯސް ސީއާރުޓީ ދިޒައިން ކުރެވިފައިވަނީ ޓެބްލެޓް އަށެވެ.މައިކުޜޮސޮފްޓު އިން ހާމަކޮށްފައިވާ ގޮތުގައި ވިންޑޯސް 7 އިން 8 އަށް ވަރަށް ފަސޭހަކަމާއެކު އަޕުގުރޭޑް ކުރެވޭނެ އަދި ސެވަން އަށް ވުރެ މާފާސްޓް ވާނެކަމަށް ސަބަބަކީ ކޮމްޕުޓަރ މެމޮރީ ބޭނުންކުރާވަރު ދައްވުން އަދި ވިންޑޯސް ބޫޓް ވާލެއް މާ އަވަސް ވާނެކަމަށް ހާމަކުރެވެ.

އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަކީ ވިންޑޯސް 7 އަޅާބަލާއިރު ސްޓާރޓް މެނޫގެ ބަދަލުގައި އައިކަން ތަކެއް ފެންނަން ހުންނަކަމެވެ.ވިންޑޯސް 8 ސަބަބުން މުސްތަގު ބަލުގައި ކީބޯރޑް މައުސްގެ ބަދަލުގައި ޓަޗްސްކްރީން ޓެބްލެޓް ނުވަތަ ޕީސީ ބޭނުން ކުރާ ނިސްބަތް ގިނަވާނެ ކަމަށް ލަފާކުރެވެެއެވެ.އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ކޮންމެ 100 އަކުން 99 މީހުން ކޮމްޕއުޓަރ ބޭނުން ކުރެއެވެ.