ޤިޔާމަތް ދުވަސް

މިދުނިޔެއަށް އަައި ކޮންމެ އިންސާނަކީވެސް މިދުނިޔެ ދުކޮށް އެހެން އާލަމަކަށް ދަތުރު ކުރަންޖެހިފައިވާ މީހެކެވެ.ވާހަކައަކީ އުމުރުގެ ނޭވާތައް ފުރިހަމަކުރުމާއެކު މަރުގެ ހިތިރަހަލިބި ގަތުމަށްފަހު ކައްވަޅަށް ދާންޖެހޭމީހެކެވެ.ކަށްވަޅުގައި ޢަޒާބާއި ދަތިކަން ވާފަދައިން އަޜާމާއި އުފާތައްވެސް ވެއެވެ.އެމީހެއްގެ އަމަލާ އެއްގޮތަށް ކަށްވަޅުގައި ތަފާތު ހާލަތުގައި އުޅެންޖެހެއެވެ.ދުނިޔެއިން ދާމީހާ ކަށްވަޅުގައި ތަނެއް ލިބިގަނެއެވެ.ކޮންމެއަކަސް އަންނަ ކޮންމެ މީހަކީ ދާންޖެހޭނެ މީހަކެވެ.އިންސީންނާއި ޖިންނީންގެ އުމުރު ކަނޑައެޅިފައިވާ ފަދައިން މިޢާލަމްގައިވެސް ވަކިއުމުރެއް ކަނޑައެޅުފައިވެއެވެ.މިއާލަމުގެ އުމުރު ހަމަވުމުން މުޅިއާލަމް ފަނާވެ ހިނގާދާނެއެވެ.މުޅި އާލަމް ފަނާވެ ނެތިދިޔުމަށް ގިޔާމަތޭ ކިޔައެވެ.މަރުވުމާއި ދިރިތިބުމުގެ ހިކުމަތް ބަޔާންކުރައްވާ ﷲ  ވަހީކުރައްވާފައިވާ އާޔަތެއްގެ މާނާގައިވަނީ މަރުވުމާއި ދިރުންހެއްދެވީ އިލާހެވެ.ކަލޭމެންގެ ތެރެއިން ރަގަޅީ އަމަލުގެ ގޮތުން ކާކުތޯ އިމްތިހާނު ކުރެއްވުމަށް ޓަކައެވެ.ވާހަކައަކީ ﷲ ސުބުހާނަހޫ ވަތަޢާލާ މަރުވުމާ ދިރުން ލެއްވެވީ އަހަރުމެންގެ ތެރެއިން ހެޔޮއަމަލު ކުރަނީ ކޮންބައެއްކަމާއި ، ނުބައި އަމަލުކުރަނީ ކޮންބައެއްކަން އިމްތިހާނުކޮށް ބައްލަވައި ވޮޑިގަތުމަށްޓަކައެވެ.މިދިރިއުޅުން ދެއްވަވާ ،އަމަލުކުރުމުގެ ފުރުސްތު ދެއްވަވާ ،މިދިރިއުޅުން ވޭތިކުރުމަށް އެއިލާހު ރުހިވޮޑިގަންނަވާ ގޮތް އަންގާ ދެއްވަވާ މިދިރިއުޅުމަކީ އިމްތިހާނެއް ކަމުގައި ލެއްވުމައްފަހު އިމްތިހާނުގެ ނަތީޖާ ފާޅިުކުރައްވައި އެނަތީޖާއާ އެއްގޮތްވާގޮތުގެ މަތިން ބަދަލު ދެއްވުމައްޓަކައި ،އެހެން ވަކި ދިރިޢުޅުމެއް ލެއްވެވިއެވެ.އަދި މިކަން ނަބިޔުންނާއި ރަސޫލުންގެ ދޫފިޅު ތަކުން އިއުލާންވެވިފައިވެއެވެ . “އޭއިންސާނުނޭ ! ތިޔަބާމީހުން މަރުވާނެއެވެ.މަރުވުމައްފަހު ދިރުއްވެވޭނެއެވެ.އަދި ދިރިގެން ތިޔަބައިމީހުން ހެއްދެވި ތިޔަބައިމީހުންގެ މިލްކިވެރި އިލާހުގެ ހަޝްރަތަށް ހާޒިރުވެ ، މިދިރިއުޅުމުގައި ތިޔަބައިމީހުން އުޅުނުގޮތުގެ ހިސާބު ދޭންޖެހެއެވެ . سُوۡرَةُ المؤمنون ގަ އިންސާނުން ހެއްދެވުމާއި އަދި ހެއްދެވެމުގެ ހުރިހާ ދަރަޖަތަކާއި ،ހާލަތު ބަޔާންކުރައްވުމައްފަހު  ﷲ ވަހީކުރައްވާފައިވެ. ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَـٰمَةِ تُبۡعَثُونَ“ދެން ތިޔަބައިމީހުން އެއަށްފަހު މަރުވާނެ އެވެ.ދެންތިޔަބައިމީހުން ގިޔާމަތްދުވަހުން ނެރުއްވޭނެއެވެ.” ވާހަކަ އަކީ މިދިރިއުޅުމަކީ ދިރިއުޅުމެއްނޫނެވެ.މިސޫރައާއި ހަށިގނޑާއި ފުރާނައަކީ ، އަބަދަށް ދެމިގެންވާނެ އެއްޗެއް ނޫނެވެ.މަރުގެ ރަހަ ލިބިގަތުމަށްފަހު އަލުން އެހެން ދިރިއުޅުމެއްގަި ދިރިއުޅެންޖެހެއެވެ.އަދި މިފުރާނައާގެން ފުރާނައިގެ ވެރި އިލާހުގެ ހަޝްރަތަށް ހާޒިރުވެ  ކޮންމެ ނަފްސަކަށް އެނަފްސް ކޮށްފައިވާ އަމަލްގެ ބަދަލްދެވުމުގެ މަންޒަރު ދެކެންޖެހެައެވެ.

    އެދުވަހުން ތިމާގެ ކަމެއްގެ ބޭނުމެއް ނުހިފޭނެއެވެ.ބާރެއް ނުހިނގާނެއެވެ.އެދުވަހުން ތިބޭނީ ނިކަމެތިވެ އާރެއްބާރެއް ނެތިފައެވެ.މިދުނިޔޭގައި ކޮށްފައިވާ އަމަލުތައް ހުށަހެޅި ، އެންމެހާ ހެވަކާއި ނުބައެއް ކުރިމަތި ކޮއްލެވޭނެއެވެ. سُوۡرَةُ الزّلزَلة ގައި ﷲ ވަހީކުރެއްވިއެވެ.  يَوۡمَٮِٕذٍ۬ يَصۡدُرُ ٱلنَّاسُ أَشۡتَاتً۬ا لِّيُرَوۡاْ أَعۡمَـٰلَهُمۡ (٦) فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرً۬ا يَرَهُ ۥ (٧) وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ۬ شَرًّ۬ا يَرَهُ ۥ (٨) “އެބައިމީހުންގެ އަމަލުތައްދުށުމައްޓަކައި އެދުވަހުން މީސްތަކުން ބައިބައި ވެދާނެއެވެ. ފަހެ، ފަހެ ޒައްރެއްގެ މިންވަރު ހެޔޮކަންކުރިމީހާ އެކަން އެމީހާ ދެކޭނެއެވެ.އަދި ޒައްރެއް މިންވަރު ނުބައިކަން  ކުރިމީހާ އެކަން ދެކޭނެއެވެ.

ކޮންމެ މީހަކަށްވެސް ޖެހޭނީ އަމިއްލައަށް ހާޝިރުވާށެވެ.އެންމެ ކުރީގެ މީހުންނާ އެންމެ ފަހުގެ މީހުނާ އެންމެން ހާޒިރު ކުރެވޭނެއެވެ.މަޙްޝަރުގެ ބިމަށް ހަމަ ހާޒިރު ނުވާ ހަމަ އެކަކުވެސް ނުވާނެއެވެ.

އިންސާނާ ދުނިޔޭގައި ކޮށްފައިވާ ގިނަކަންތައް ދުނިޔޭގައިމެ ވަނީ ހަދާންނެތިވެ ގޮސްފައެވެ.ވީއިރު އާޙިރުގައި ހަދާން ހުންނާނީ ކިހިނަކުންތޯއެވެ ؟ މީ ފަހަރުގައި ހިތަށް ވެރިވެދާނެ ސުވާލެކެވެ.ނަމަވެސް ﷲ އެބައިމީހުން ނަށް ދުނިޔޭގައި ކުރި އެންމެހާކަންތައް ހަނދުމަ ކޮުށްދެއްވަވާނެއެވެ. سُوۡرَةُ المجَادلة ވަހީ ކުރައްވާފައިވެއެވެ. يَوۡمَ يَبۡعَثُهُمُ ٱللَّهُ جَمِيعً۬ا فَيُنَبِّئُهُم بِمَا عَمِلُوٓاْ‌ۚ أَحۡصَٮٰهُ ٱللَّهُ وَنَسُوهُ‌ۚ  ﷲ އެބައިީހުން ދެވަނަ ފަހަރަށް ދިރުއްވަވާ ދުވަހުން އެބައިމީހުން ކޮށްފައިވާ ކަންތައް  އެބައިމީހުން ނަށް އަންގަވައި ދެއްވާނެއެވެ. ﷲ ވަނީ އެހިމަނުއްވަވާ ރައްކާ ކުރައްވަވާފައެވެ. އެބައިމީހުން ވަނީ އެހަދާން ނެތިފައެވެ.

ޤިޔާމަތް ޤާއިމްކުރެވޭނީ ކޮންބައެއްގެ މައްޗައްހޭ؟

ރަސޫލާ ޙަދީސްކުރެއްވިއެވެ. ޤިޔާމަތްވާނީ އެންމެ ނުބައި މަޙްލޫގުންގެ މައްޗަށެވެ.އަދިވެސް ހަދީސް ކުރެއްވިއެވެ.ބިމުގައި ﷲ ﷲ ކިޔޭހައި ހިނދަކު ޤިޔާމަތް ޤާއިމް ނުވާނެއެވެ.ރިވާއެއްގަ ވެއެވެ. ޤިޔާމަތްވާން ވުމުން ކުއްލިއަކަށް ﷲ ތާޒާ ވައެއް ފޮނުއްވަވާނެއެވެ.އެވައި މުސްލިމުންގެ އަރިކަށިީގައި އައިސް ޖެހުމުން ކޮންމެ މުޢުމިނެއްގެ  ފުރާނަ ހަށިގަނޑާއި ވަކިވެދާނައެވެ.އަދި ނުބައިމީހުން މަރުނުވެ ތިބެދާނެއެވެ.އެބައި މިީހުން އެންމެންގެ ކުރިމަތީގައި ޙިމަާރުތަކެކޭ އެައްގޮތަށް އަންހެނުންނާއި ، ޒިނޭކޮށް ހަދާނެއެވެ.އަބުދުއް ﷲ ބިން އުމަރުގެ ކިބައިން ރިވާވެގެން ވެއެވެ.ރަސޫލާ ޙަދީސް ކުރެއްވިއެވެ. ދައްޖާލު ޤަތުލު ކުރެއްވުމަށްފަހު އީސާ އަލައިހިއްސަލާމް މީސްތަކުންގެތެރޭގައި 7 އަހަރު ހުންނަވާނެއެވެ.އެދުވަސްވަރު ދެމީހެއްގެ މެދުގައި އަދާވަތްތެރި ކަމެއް ނުވާނެއެވެ. ދެން ﷲ ޝާމް ކަރައާވީ ފަރާތުން ވަޔެއް ފޮނުއްވަވާނެއެވެ.އޭގެ ސަބަބުން ހުރިހާ މުއުމިނުން މަރުވެދާނެއެވެ.އަދި ބިންމަތީގައި އެމީހެއްގެ ހިތުގައި އީމާންކަން ވާހަމަ އެކަކު ނުވާނެއެވެ.މިހެންކަމުން ކަލޭމެންގެ ތެރެއިން މުއުމިނަކު ފަރުބަދައެއްގެ ހޮހޮޅައެއްގެ ތެރޭގައިވީނަމަވެސް އެތަނަކަށް އެވައިވަދެ ، އެމީހާގެ ފުރާނަ ގެންގޮސްފާނެއެވެ.

މިއަށްފަހު ނުބައި މީހުން ތިބެދާނެއެވެ.އެބައިމީހުން ، ލޫޅާފަތި ދޫނިތައް އުދުހިދާ  ހަލުއިކަމާއެކު ނުބައިކަންތަކަށް އަރައި ގަންނާނެވެ.އަދި އަނެކުންގެ ލޭއޮހޮރުވައިލުމާއި ، މަރާލުމުގައި ފަޅާކައި ޖަނަވާރު ތަކެކޭ އެއްގޮތް ވާނެއެވެ.އެމީހުން ހެޔޮކަމެއް ނުދަންނާއެވެ.އަދި ނުަބައިކަމެއް ނުބައިކަމެއްގެ ގޮތުގައި ނުދެކޭނެއެވެ.އެބައި މީހުންގެ މިހާލު ފެނުމިން ޝައިތާނާ އިންސާނީ ސޫރާގައި އެމީހުންގެ ކައިރިއަށް އައިސް ބުނާނެއެވެ.ކިހަދެރަހޭ ؟ ކަލޭމެން ކަލޭމެންގެ ކާބަފައިންގެ ދީން ދޫކޮށްލާފައި އުޅޭއިރު ،ލަދެއްވެސް ނުގަނޭހެއްޔެވެ ؟ އެބައިމީހުން އޭނައަށް ބުނާނެއެވެ. ކަލޭ ބުނެބަލާށެވެ.! އަހަރުމެން ހަދަންވީ ކިހިނެއްހެއްޔެވެ؟  އޭނާ އެބައި މީހުންނަށް ބުދަށް އަޅުކަން ކުރަން ދަސްކޮށް ދޭނެއެވެ.)ޔައުނީ އެބައިމީހުން މީހުން މެރުމާއި ފަސާދަ ކުރުމާއި ، ބުދައް އަޅުކަން ކުރުމުގައި މަޝްގޫލުވެ އުޅޭނެއެވެ.)އެބައިމީހުންނަށް ފުރިހަމަ އަށް ރިޒުޤް ލިބޭނެއެވެ.އަދި އަރާމާ އުފާވެރިކަމުގެ މަޖާ ދިރިއުޅުމުގައި ތިއްބާ ، ތާޅަފިލި ފުންމާލެވޭނެއެވެ.ތާޅަފިލީގެ އަޑު  އެންމެން އަހާނެއެވެ.ތާޅަފިލީގެ އަޑު އިވޭ ކޮންމެ މީހަކު ބިރުން ހައިރާންވެގެން ގޮސް އެއްފަރާތައް ބޯ އަރިކޮށް އަދި އަނެއްފަރާތް މަައްޗަށް އުފުލާ ލާނެއެވެ.

ދެން ހަދީޘް ކުރެއްވިއެވެ.ތާޅަފިލީގެ އަޑު އެންމެ ފުރަތަމަ އިވޭނެ މީހަކީ ޖަމަލުތައް ފެންބުއިމަށް ޓަކައި ހައުލެއް ހަދަންއުޅޭ މީހެކެވެ.މިމީހާ ތާޅަފިލީގެ އަޑު އިވުމުން ހޭނެތިދާނެއެވެ.ދެން އެންމެން ހޭނެތި ދާނެއެވެ.ދެން ޝަބްނަމް ކަހަލަ ވާރޭއެއް ﷲ ވެއްސަވާނެއެވެ.އެފެން ވެހުމުން މީސްތަކުން ޤަބުރު ތަކުގައި މަށީގެ ހަށިތަކައް ވެދާނެއެވެ.ދެން ދެވަނަ ފަހަރަށް ތާޅަފިލި ފުންމާލެއްވުމުން އެންމެންއެކަށް ތެދުވެ ބަލަހައްޓައިގެން ތިބެދާނެއެވެ. އޭގެ ފަހުން އިއުލާން ކުރެވޭނެއެވެ.” މީސްތަކުންނޭވެ ! ހައްދަވައި ގެންގުޅުއްވާ އިލާހުގެ ހަޝްރަތައް ދަމާ ހިނގާށެވެ.!” އެހިދު މަލާއިކަތުންނަށް ޙުކުމް ވެވޭނެއެވެ.އެމީހުން މަޑުކުރުވާށެވެ!. އެމީހުންނާ ސުވާލުވެވޭނެއެވެ.ދެން އިޢުލާން ވެވޭނެއެވެ. “އެންމެންގެތެރެއިން ނަރަކަވެރިން ވަކިކޮށްލާށެވެ!.” އެހިދު ﷲ ދެންނެވޭނެއެވެ.” ކިހާ އަދަދެއްގެ ތެެރެއިން ކިތއް ނަރަކަ ވެރިންތޯއެވެ؟”ޖަވާބު ލިބޭނެއެވެ.” ކޮންމެ ހާހަކުން 999 މީހުންނަކީ ނަރަކަވެރިންނެވެ.”

މި ހަދީޝް ތަކުން އެގި ބަޔާންވާގޮތުގައި ޤިޔާމަތް ވާއިރު އެއްވެސް މުސްލިމަކު ނުވާނެއެވެ.އީމާންކަމުގެ ކުޑަވެސް މިންވަރެއް އެމީހާގެ ހިތުގައިވާ މީހެއްނަމަ ﷲ ސުބުހާނަހޫ ވަތަޢާލާ އެމީހަކު  ބޮޑު މުސީބާތަކުން ސަލާމެއް ކުރައްވާނެއެވެ.