ދިވެހިރާއްޖޭގެ 48 ވަނަ މިނިވަން ދުވަސް

ދިވެހިރާއްޖޭގެ 48 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވެލިދޫ އޮންލައިންގެ އެންމެހާ ކިޔުންތެރިނަށާއި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ.

މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ނ. ވެލިދޫގައި 26 ޖުލައި ވީ ބުރާސްފަތި ދުވަހުގެރޭ ގެ 21:50 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ވެލިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ވެލިދޫ ކައުންސިލް ގެ ނާއިބު ރައީސް އަލްފާޟިލް އަޙުމަދު ސަޢީދުއެވެ. ދިދަ ނެގުމާއެކު ޤައުމީސަލާމް ކިޔުން އޮތެވެ. އަދި ކައުންސިލް ގެ ނާއިބު ރަޢިސް އަޙުމަދު ސަޢީދުގެ ވާހަކަ ފުޅުދެއްކެވުމާއެކު ރަސްމިއްޔާތު ނިންމާލީއެވެ. އެއަށްފަހު ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުންގެ ޝަރފްގައި ތައްޔާރުކޮށްފައިވާ ފިނިހިއްޕެވުމެއް ރަންވެލި ދެކުނު ފެންޑާގައި އޮތެވެ.