ހުސްއަލި ބަށި މުބާރާތް 2012 ގެ ފައިނަލަށް މިސްޓްރިކް އަދި ވީ ވައި ސީ ފަތްމިނި ޓީމް

ހުސްއަލި ބަށިމުބާރާތުގެ 3 ވަނަ މެޗްގައި ބައްދަލުކުރި މިސްޓްރިކް ސްޕޯޓްސް ކްލަބުގެ މިސްޓްރިކާއި ކްލަބް ވެލިދޫ ފްރެންޑްސް ގެ ފްރެންޑްސް ޓީމް ބައްދަލުކުރި މެޗް 15ލަނޑު 11 ފޯލި އަދި 12 ލަނޑު0 ފޯލިން މޮޅުވީ މިސްޓްރިކް ޓީމެވެ. މިމެޗްގެ ނަތީޖާ އާއެކު ފައިނަލްގައި ބައްދަލުކުރާނީ ވެލިދޫ ޔޫތުކްލަބުގެ ވީ.ވައި.ސީ ފަތްމިނި ޓީމާއި މިސްޓްރިކްސްޕޯޓްސް ކްލަބުގެ މިސްޓްރިކް އެވެ. މި މެޗްގެ މޮޅުކުޅުންތެރި އަކަށް ހޮވުނީ މިސްޓްރިކް ޓީމުގެ 11 ނަންބަރ  ރިޒްވީން އެވެ.

       ފައިނަލް މެޗުގެ ކުޅުން އޮންނާނީ 29 މެއި 2012 ވާ އަންގާރަ ދުވަހުގެ 16.00 ގައި ވެލިދޫ ނިކަގަސް ސަރަޙައްދުގެ ޓަރފް ކޯޓުގައެވެ.