ހުސްއަލި ބަށިމުބާރާތް 2012 ފެށިގެން ކުރިއަށް ދަނީ

26 މެއި 2012

ހުސްއަލި ބަށީ މުބާރާތުގައި މިއަދުގެ މެޗުގައި ބައްދަލުކުރި ވީވައިސީ ފަތްމިނި އަދި ފްރެންޑްސް ގެ މެޗުން ވީ.ވައި. ސީ ފަތްމިނި 15 ލަނޑު 3 ފޯލި  އަދި ކްލަބް ފްރެންޑްސް 12 ލަނޑު 3 ފޯލިން ކާމިޔާބުކުރީ ވީ.ވައި.ސީ ފަތްމިނި ޓީމެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވީ.ވައި.ސީ ފަތްމިނި ޓީމުގެ (7) ކެޕްޓަން ޙައްވާ ނިޝާމާ އެވެ.

މި މުބާރާތުގައި ބައިވެރިވި 3 ޓީމުގެ ތެރެއިން ވީ.ވައި.ސީ ފަތްމިނި ޓީމްވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލުން ޖާގަ ހޯދާފައެވެ. 27 މެއި ވާ އާދީއްތަ ދުވަހު އޮންނަ މި މުބާރާތުގެ 3 ވަނަ މެޗުގައި ބައްދަލުކުރާނީ ކްލަބް ފްރެންޑްސް އާއި މިސްޓްރިކް ޓީމެވެ.

25 މެއި2012

ނ. ވެލިދޫގެ  ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްކަމަށްވާ ” ހުސްއަލިކޮންސްޓްރަކްޝަން” އިން އިސްނަގައިގެން ވެލިދޫގައި ބާއްވާ ހުސްއަލި ބަށިމުބާރާތް 2012 ގެ ކުޅުން މިއަދު ފެށިއްޖެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރި މިސްޓްރިކްސްޕޯޓްސް ކުލަބުގެ މިސްޓްރިކާއި ވެލިދޫ ޔޫތުކްލަބު  ގެ ވީ ވައިސީ ފަތްމިނި މިދެޓީމެވެ.

މި މެޗުގައި 10ލަނޑު 11 ފޯލި މިސްޓްރިކް ސްޕޯޓްސް ޖަހާފައިވާއިރު ވީ ވައިސީ ފަތްމިނި ޓީމުން ވަނީ 11 ލަނޑު 4 ފޯލިޖަހާ މިސްޓްރިކް ގެ މައްޗަށް ކުރި ހޯދާފައެވެ.

މި އަދުގެ މެޗުގެ އެންމެމޮޅުކުޅުންތެރިޔާގެ މަޤާމަށްހޮވުނީ ވީ ވައި ސީ ފަތްމިނި  ޓީމުގެ  ކެޕްޓަން އާއިޝަތު ނިޝާމާ އެވެ.

މި މުބާރާތުގެ މާދަމާ ގެ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލިދޫ ފްރެންޑްސް ގެ ފްރެންޑްސް ޓީމާއި ވެލިދޫ ޔޫތުކްލަބުގެ ވީ ވައިސީ ފަތްމިނި ޓީމެވެ.