ހުސް އަލި ބަށި މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ނ. ވެލިދޫގައި އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ހުސްއަލި ބަށި މުބާރާތް2012” ގައި ބައިވެރިވާ ޓީމް ތަކުގެ މެދުގައި ގުރުއަތުލުން ރޭ ބާއްވައިފި އެވެ. ހުސްއަލި ކޮންސްޓްރަކްޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ވެލިދޫގެ 3  ކުލަބަކުން ވަނީ ބައިވެރިވެ ފައެވެ، އެއީ ވެލިދޫ ޔޫތު ކުލަބުގެ ޓީމަކާއި މިސްޓްރިކްސްޕޯޓްސް ކްލަބުގެ ޓީމަކާއި ކްލަބު ވެލިދޫ ފްރެންޑްސް ގެ ޓީމެކެވެ. މި މުބާރާތުގައި 25 މެއި ވާ ހުކުރު ދުވަހު ފަށާ މެޗްގައި ބައްދަލުކުރާނީ ވެލިދޫ ޔޫތުކްލަބުގެ ރަނިޓީމާއި މިސްޓްރކްސްޕޯޓްސް ކުލަބުގެ މިސްޓްރިކް ޓީމެވެ. މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވެލިދޫ ބޮޑުނިކަގަސްހިމެނޭ ސަރަޙައްދުގައި ވާ ޓަރފް ކޯޓުގައެވެ.