ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

ވެލިދޫގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ ހުސްއަލި ކޮންސްޓްރަކްޝަން ގެ ފަރާތުން ވެލިދޫގެ އަންހެނުން ނަށް އަމާޒުކޮށްގެން ވެލިދޫ ގެ ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުޅުމަށްހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ25 ގައެވެ. ހުސްއަލި ކޮންސްޓްރަކްޘަންގެ ފަރާތުން ވަނީ މީގެ ކުރިންވެސް ވެލިދޫ ޔޫތުޑިވެލޮޕްމަންޓް ސޮސައިޓީ(ވީޑްސް) އާއި ގުޅިގެން ވަނީ ނެޓްބޯޅަ މުބާރާތެއްވެސް ބާއްވާފައެވެ. މި ފަހަރުގެ މި ބަށި މުބާރާތަކީ ހަމައެކަނި އެ ކުންފުނިން ރާވާ ހިންގާ މުބާރާތެއްކަމަށް އެ މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ މުޙައްމަދު ޢަލީ ވީ އޯ އަށް މަޢުލޫމާތު ދެއްވައެވެ.