“ޝަވަލް ބްލޯ ރަންދެލި ވެލިދޫ ފިއުޗަރ ފައުންޑޭޝަން ކަޕް 2011 ގްރޫޕް ސްޓޭޖް ނިމި ޓީމްތައް ސެމީ އަށް

 

ޝަވަލް ބްލޯ ވެލިދޫ ފިޔުޗަރ ފައުންޑޭޝަން ކަޕްގެ ކުޅުން މިއަދުވެސް ކުރިޔަށް ދިޔައެވެ. މި މުބާރާތުގައި ބައްދަލްކުރި ދެޓީމަކީ ކުރި ސްޕޯޓްސް ކުލަބާއި އެފް.ސީ ލީޑްސްޓަރ އެވެ. މިއަދު ހަވީރު ކުރިޔަށް ދިޔަ މި މެޗްގެ ވަގުތު ހަމަވިއިރު 02 ލަނޑު 01 ލަނޑުން މެޗް ކާމިޔާބުކުރީ ކުރި ސްޕޯޓްސް ކުލަބެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުރި ސްޕޯޓްސް ކްލަބްގެ ޖަރޒީނަންބަރ 15 ޢަލީ އަސްރަފް އެވެ

އަދި މި މުބާރާތުގައި ދެން ކުރިޔަށްދާނީ ސެމީފައިނަލްގެ މެޗްތަކެވެ.  ގްރޫޕް އޭ އިން ސެމީފައިނަލަށް ދިޔައީ ހިޔާލީ ސްޕޯޓުސް ކުލަބާއި ކުލަބް ސްޓިލް ރެޑްއެވެ. އަދި ގްރޫޕް ބީ އިން ސެމީފައިނަލަށް ދިޔައީ ކުރި ސްޕޯޓްސް ކުލަބާއި ވިމްސީ ސްޕޯޓްސް ކުލަބެވެ. އަދި ސެމީފައިނަލްގައި ފުރަތަމަ ބައްދަލް ކުރާނީ ހިޔާލީ ސްޕޯޓްސް ކުލަބާއި ވިމްސީ ސްޕޯޓްސް ކުލަބެވެ. ދެވަނަ މެޗްގައި ބައްދަލަކުރާނީ ކުރި ސްޕޯޓްސް ކުލަބާއި ކުލަބް ސްޓިލް ރެޑެވެ. ސެމީފައިނަލް މެޗްތަށް ކުރިޔަށްދާނީ މިމަހުގެ 15 ވާ ހުކުރުދުވަހާއި 16 ވާ ހޮނިހިރު ދުވަހުއެވެ