ޝަވަލް ބްލޯ ވެލިދޫ ފިޔުޗަރ ފައުންޑޭޝަން ކަފް ގެ ސެމީ ފައިނަލަށް ސްޓިލް ރެޑާއި ހިޔާލީ ދަތުރު ކޮއްފި

ޝަވަލް ބްލޯ ރަންދެލި ވެލިދޫ ފިއުޗަރ ފައުންޑޭޝަން ކަޕް 2011 ގެ ކުޅުން އިއްޔެއާއި މިއަދުވެސް ކުރިޔަށް ދިޔައެވެ. އިއްޔެ ބައްދަލްކުރި ދެޓީމަކީ ކުރި ސްޕޯޓްސް ކުލަބާއި ވިމްސީ ސްޕޯޓްސް ކުލަބް އެވެ. މި މެޗްގެ ވަގުތު ހަމަވިއިރު ދެ ޓީމަކުން ކުރެ އެއްވެސް ޓީމަކުން ލަޑެއްޖެހިފައެއްނުވެއެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިމްސީ ސްޕޯޓްސް ކްލަބްގެ ޖަރޒީނަންބަރ 16 ފައިސަލް އަޙްމަދު އެވެ.

 

އަދި މި މުބާރާތުގެ މިއަދު ހަވީރު ބައްދަލަކުރީ ހިޔާލީ ސްޕޯޓްސް ކުލަބާއި ހިޔާލީ ނިރުއެވެ. މި މެޗްގެ ވަގުތު ހަމަވިއިރު 03 ލަނޑު 00 ލަޑުން މެޗް ކާމިޔާބްކުރީ ހިޔާލީ ސްޕޯޓްސް ކުލަބެވެ. މި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ހިޔާލީ ސްޕޯޓްސްކުލަބްގެ ޖަރޒީނަންބަރު 09 އަބްދުﷲﷲﷲﷲﷲﷲ ﷲﷲﷲﷲ ޢަބްދުއްލަޠީފް އެވެ

 

މުބާރާތް މިހާތަނަށް އައިރު ސްޓިލް ރެޑާއި ހިޔާލީވަނީ ސެމީފައިނަލް ކަށަވަރު ކޮއްފައެވެ. ސެމީއަށް ދެންދާނެ ދެޓީމެއް އިނގޭނީ މާދަމާގެ މެޗްގެ ނަތީޖާ

ނުކުންނަގޮތަކުންނެވެ

 

މި މުބާރާތުގެ ކުޅުން މާދަމާވެސް އޮންނާނެއެވެ. މާދަމާ ބައްދަލްކުރާ ދެ ޓީމަކީ ކުރި ސްޕޯޓްސް ކުލަބާއި އެފް.ސީ ލީޑްސްޓަރ އެވެ