ވެލިދޫ ފިއުޗަރ ފައުންޑޭޝަން ކަޕް 2011: ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޓިލް ރެޑާއި ހިޔާލީ ނިރު

ވެލިދޫ ފިއުޗަރ ފައުންޑޭޗަނުން އިންތިޒާމުކުރާ ފުޓްބޯޅަ މުބާރާތް “ވެލިދޫ ފިއުޗަރ ފައުންޑޭޝަން ކަޕް 2011′ ގެ ފުރަތަމ މެޗުގައި ބައްދަލުކުރަނީ ‘ސްޓިލް ރެޑް’ އާއި ‘ހިޔާލީ ނިރު’ އެވެ. ޖުމްލަ 6 ޓީމު ބައިވެރިފެއިވާ މިފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 18 ވާ ހުކުރު ދުވަހުއެވެ. އެގާރަ ދުވަހަށް ދެމިގެންދާ މިފުޓްބޯޅަ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ދެގްރޫޕަކަށް ބަހައިލައިގެންނެވެ. މިގޮތުން ގްރޫޕް A ގައި ހިމެނެނީ ސްޓިލް ރެޑް، ހިޔާލީ ނިރު އަދި ހިޔާލީ ސްޕޯޓްސް ކަލަބެވެ.     B  ގްރޫޕުގައި ހިމެނެނީ ވިމްސީ ސްޕޯޓްސް، ލީޑްސް ސްޓާރ އަދި ކުރި ސްޕޯޓްސް ކުލަބެވެ.

މިމުބަރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ 26 ޖޫން 2011 ވަނަ ދުވަހުގެރޭ ވެލިދޫ ޕީޕަލް ހައުސް ގައެވެ.

ވެލިދޫގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މިފުޓްބޯޅަ މުބާރާތް އާދަޔާ ޚިލާފަށް ފޯރިގަދަވާނެކަމަށް ޓީމުތަކުން ހާމަކުރެއެވެ.

ވެލިދޫ ފިއުޗަރ ފައުންޑޭޝަން (ވީއެފްއެފް) އަކީ 19 އެޕްރީލް 2011 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ޖަމްޢިއްޔާ އެކެވެ.

5 comments

  • އުއްމީދުކުރަނީ އާފެށުމަކުން ފެށޭ މަސައްކަތް ވަރަށް ކާމިޔާބު ވާނެކަމަށް.އަދި ދުޢާއަކީ ހުރިހާ ޓީމްތަކެއްވެސް ކުޅިވަރުގެ ރޫޙާއި އެއްގޮތަށް ވަރަށް ރީތި ކުޅުމެއްދައްކާ މުބާރާތް ނިންމާލާނެ ކަމަށް.އިންތިޒާމް ކުރާ ފަރާތްތަކުން ތިޔަ ކުރައްވާ މަސައްކަތަށް ހޫނު މަރުޙަބާއެއްކިޔާ ޝުކުރެއް އަރިސްކުރަން

  • DDSA

  • kihaavarakun dhaane mubaarathehbaa mee ?

  • މިފަދަ ބޮޑު މުބާރާތެއް ކުރިއަށް ގެންދާ ފަރާތްތަކުން އަބަދުވެސް ވިސްނަންވި ވީހާވެސް އަމާން އޮމާން ކަމާއެކީ މުބާރާތް ނީންމާލެވޭތް އޭރުން މުބާރާތުގެ އަސްލު މަޤުސަދު ހާސިލުކުރެވޭނީ ،ފިޔުޗަރ ފައުންޑޭސަނުން ހަމައެކަނި ފުޓްބޯޅަ މުބާރާތެއް ބޭއްވީމަ އެ ނިމުނީތަ، އެހެނިހެން ޕޮރޮގްރާމްތައްވެސް ވެލިދޫ ގައި ހިންގަންޖެހޭނެ ނޫންހޭ. ވަރަށް ރަގަޅު ކަމެއް އެބައޮތް ކުރަން

  • ތަކުރު/ވެލިދޫ

    ރަންދެއްޔާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މުބާރާތުގެ ނަން ރަންދެލި ކަޕް ކިޔުން ވަރަށް ރަނަގަޅު