ވެލިދޫ ބިން ހިއްކުމުގެ މަޝްރޫޢާ ބެހޭ ބައެއް މައުލޫމާތު

ސަރުކާރުން މިހާރު ފައްޓަވައިގެން ކުރިއަށް ގެންދަވާ ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، ނ.އަތޮޅު ވެލިދޫގެ ބިން ހިއްކުމުގެ ތައްޔާރީތައް މިހާރު ވަނީ ކުރެވިފައެވެ. މި ލިޔުމާއެކު އެޓޭޗް ކުރެވިފައި އެވާ ކުރެހުމުން އެފެންނަނީ ވެލިދޫގެ ލޭންޑްޔޫސް ޕްލޭނެވެ. ވެލިދޫއަށް އިތުރުކުރެވޭ ބިން ބޭނުންކުރުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލެވެ.

.

ވެލިދޫ ބިން ހިއްކުމާ ގުޅޭ ބައެއް މައުލޫމާތު ހިއްސާ ކޮށްލަމެވެ:

– ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑު މިނަކީ 14 ހެކްޓަރެވެ.

– ހިއްކާ ބައިން އެންމެ ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވަނީ މީހުން ދިރިއުޅުމަށް ގެދޮރު އިމާރާތް ކުރުމަށެވެ. އެކަމަށްޓަކައި ހިއްކާ ބިމުގެ 29% ކަނޑައަޅާފައި ވެއެވެ.

– ގެދޮރުއެޅުމަށް ޚާއްސަކޮށްފައިވާ ބިން އޮތީ ތިން ސަރަހައްދަކަށް ބަހާލާފައެވެ. މި ތިން ސަރަހައްދުގެ ޖުމްލަ ބޮޑު މިނަކީ 422428 އަކަފޫޓެވެ. މި ސައިޒުގެ ބިމުގައި 2000 އަކަފޫޓުން ގޯތި ދޭނަމަ، ދެވޭނީ ޖުމްލަ  125 ގޯއްޗެވެ. އެހެނަސް 1500 އަކަފޫޓުން ގޯތި ދޭނަމަ، ޖުމްލަ  167 ގޯތި ދެވޭނެއެވެ. (ގޯތި ދިނުމާބެހޭގޮތުން ވެލިދޫ އޮފީހުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.)

– ހިއްކާ ބިމުގައި ގެދޮރު އިމާރާތްކުރުމުގެ ސަރަހައްދުގެ އިތުރުން އިޖްތިމާޢީ ހަރަކާތްތައް ހިންގުމަށާއި ކުޅިވަރު ކުޅުމަށާއި މަސައްކަތްތެރިކަމަށް ޚާއްސަކޮށްފައިވެސް ސަރަހައްދުތަކެއް ހުރެއެވެ.

.

ވެލިދޫ، ތުޅައިދޫ، ދިއްދޫ އަދި ހިންނަވަރު ބިން ހިއްކުމުގެ މަޝްރޫޢުގައި ދިއްދޫ ބިން ހިއްކައިފިއެވެ. މިހާރު ކުރިއަށްދަނީ ހިންނަވަރު ބިން ހިއްކުމެވެ. ހިންނަވަރަށްފަހު ވެލިދޫއެވެ. ވެލިދޫއަށްފަހު ތުޅައިދޫ އެެވެ. ވެލިދޫ ބިން ހިއްކުމަށް ފަސް އެޅުމަށް ހޭދަވާނީ އެންމެ ދިހަވަރަކަށް ދުވަސްކަމަށް މައުލޫމާތު ވީއޯ އަށް މައުލޫމާތު ލިބިފައިވެއެވެ.

.

–  ވެލިދޫ ޒޯން ޕްލޭން ޑައުންލޯޑް ކުރެއްވުމަށް

–  ވެލިދޫ ލޭންޑްޔޫސް ޕްލޭން ޑައުންލޯޑް ކުރެއްވުމަށް