މޭނާ ސްކޫލަށް ފަންސާސް އަހަރު ފުރުމުގެ ރަސްމިއްޔާތާއި ގުޅުވައިގެން ބިންގާއެޅި މިސްކިތް އިއްޔެ ހުޅުވައިފި
ހޮޅުދޫ މޭނާ ސްކޫލަށް ފަންސާސް އަހަރު ފުރުމުގެ ރަސްމިއްޔާތަށް ގުޅުވައިގެން ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު ބިންގާ އަޅުއްވައިދެއްވި މިސްކިތް ބިންގާއެޅިތާ 14 އަހަރުފަހުން އިއްޔެ ހުކުރުނަމާދަށް ހުޅުވައިފިއެވެ. މަސްޖިދުއްތައުޙީދު ހުޅުވައިދެއްވައި އަދި އިމާމުވެ ހުކުރު ނަމާދުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުލްއުސްތާޛުއްޝައިޚް އުޘްމާނު ޢާބްދުﷲ އެވެ.
މިމިސްކިތަކީ ހޮޅުދޫ ފާރޫޤު ޙަސަންގެ ޢާއިލާގެ ފަރާތުން ބިނާކޮށްފައިވާ މިސްކިތެކެވެ. މިމިސްކިތް މިހުޅުވުނީ، މިމިސްކިތް ނުނިމި ގިނަދުވަސްވުމާއި ގުޅިގެން ހޮޅުދޫ ގިނަބައެއްގެ ފާޑުކިޔުންތައް ފާރުޤަށް ރައްދުވެފައިވާ ދުވަސްވަރެއްގައެވެ.
މިމިސްކިތަކީ މިޒަމާނުގެ ފެންވަރަށް ތަރައްޤީކޮށްފައިވާ ދިވެހިންގެ މަސައްކަތްތެރިކަމުގެ ފާޑުވެރިކަން ދައްކައިދޭ މިސްކިތެކެވެ.
މިމިސްކިތާއިއެކު ހޮޅުދޫގައި މިހާރުހުރީ ޖުމްލަ ފަސްމިކެތެވެ. އެއީ، ފިރިހުނުންނަށް ނަމާދުކުރުމަށް ޚާއްސަކުރެވިފައިވާ ތިން މިސްކިތާއި އަންހެނުންގެ ދެނަމާދުގެއެވެ.

Sorry, comments for this entry are closed at this time.