ނަޢީމުގެ ޕާސްޕޯޓް ކެންސަލް ކޮށްފި

July 31st, 2010 ލިޔުން ޝާއިއުކުރެވުނީ

ކުރީގެ ރިޔާސީގަނޑުވަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބޭންކު އޮފް މޯލްޑިވްސްގެ އޮޑިޓް ރިޕޯޓްތައް ހާމަކރެއްވުމުގެ ސަބަބުން ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ގެ އަތްދޮށުވެ،  ޑީ.އާރު.ޕީ އިން ކަތިލައި، މަޤާމުން ވަކިކޮށްފައިވާ ކުރީގެ އޮޑިޓަރ ޖެނެރަލްގެ އިބްރާހިމް ނައީމް ބޭނުންކުރެއްވި ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަން ޑިޕާޓްމަންޓުން ކެންސަލްކޮށް އިންޓަޕޯލަށާއި ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގައިފި އެވެ.

އަމިއްލަ ރޭޑިއޯ ސްޓޭޝަން ސަންއެފް އެމަށް މިކަމާއިގުޅޭ މަޢުލޫމާތު ދެއްވަމުން، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެން އިބްރާހިމް ވިދާޅުވީ، އިބްރާހިމް ނަޢީމްގެ ޕާސްޕޯޓް ބޭނުންނުކުރެވޭ ގޮތަށް ކެންސަލްކުރެއްވީ ޕާސްޕޯޓް ދޫކުރާ ފަރާތުގެ ހައިސިއްޔަތު ގެއްލުމުން ކަމަށެވެ. އަދި މިކަން ބޭރު ގައުމުތަކަށާއި އިންޓަޕޯލް ފަދަ އަންގަންޖެހޭ ތަންތަނަށް މިހާރު އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައީމްގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ކެންސަލްކޮށްފައިވާތީ، އެ ޕާސްޕޯޓް ޑިޕާޓްމަންޓާ ހަވާލުކުރުމަށް އަންގަވައި އޭނާ ދިރިއުޅުއްވާ ގެއަށް ސިޓީއެއް ވެސް ފޮނުއްވާފައިވާ ކަމަށާއި ނަމަވެސް، ނައީމް މިވަގުތު ރަށުގައި ނޫޅުއްވާތީ، އެކަން އޭނާއަށް އެންގިފައިނުވާ ކަމަށް ބުނެ ނައީމްގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު ހާމަކުރައްވާފައިވާ ގޮތުގައި ނަޢީމުގެ އޮޑިޓް ރިޕޯޓްތަކަކީ ‘ޓައިމްބޮމެ’ ކެވެ. އަދި ޑީ.އާރު.ޕީގެ ލީޑަރ އަޙްމަދު ތަސްމީނު ޢަލީ، މަކަރާ ހީލަތްހަދައި، ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ، އެބޭންކުގެ ރައުސުލް މާލަށްވުރެ ބޮޑު ލޯނު ރައްޔިތުންނަށް ފަޅާއެރީވެސް ބީ.އެމް.އެލްގެ އޮޑިޓް ރިޕޯޓުންނެވެ.

ވީއޯ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަޢީމް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައެވެ.

Sorry, comments for this entry are closed at this time.