ކުރިއަށް އޮތް ތިންމަސްދުވަސް ތެރޭގައި ވެލިދޫގައި ބިނާކުރާ ޑައިވިން ސްކޫލުގެ ޚިދުމަތް ފެށޭވަރުވާނެ: ވެލިދޫ ޙަބީބު
ވެލިދޫގެ އަމިއްލަ ފަރުދެއްކަމަށްވާ އަޙްމަދު ޙަބީބު (ވެލިދޫ ޙަބީބު)، ވެލިދޫގައި ތަރައްޤީ ކުރައްވާ ޑައިވިންގ ސްކޫލުގެ ޚިދުމަތް ކުރިއަށް އޮތް ތިންމަސްދުވަސްތެރޭގައި ފެށޭވަރުވާނެކަމުގައި ޙަބީބު ވިދާޅުވެއްޖެއެވެ. ވީއޯ އަށް މަޢުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ މިޑައިވިންގ ސަކޫލު ހުޅުވުމުގެ ކަންތައްތައް ފަސްވެފައިވަނީ މިހާރު ވެލިދޫގެ ބިންހިއްކަން ފަށާފައިވާތީ ކަމަށެވެ. “ޑައިވިންގ ސްކޫލުގެ ފަށައިގަންނައިރު ގެސްޓްހައުސްގެ ޚިދުމަތްވެސް ފެށޭނެ.” ޙަބީބު ވިދާޅުވިއެވެ.
ޙަބީބަކީ ވެލިދޫގައި އެންމެ ފުރަތަމަ ސަފާރީ އުޅަނދެއް އުފެއްދެވީވެސް ޙަބީބެވެ. އަދި ޙަބީބަކީ ވެލިދޫގެ ކުރިއެރުމާއި ތަރައްޤީއަށް މެދުނުކެޑި ޚިދުމަތް ކުރައްވަމުންގެންދާ ހީވާގި ބޭފުޅެކެވެ.

Sorry, comments for this entry are closed at this time.