ޔާމީނާ ގުޅުންހުރި ފަރާތަކުން ރާއްޖެއަށް ކަނޑި އެތެރެކުރުމަށް މަސައްކަތްކޮށްފި
ޕީޕަލްސް އެލައެން ސް (ޕީއޭ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމާ އި ގުޅުންހުރި ފަރާތަކުން ރާއްޖެއަށް ކަނޑި އެތެރެކުރުމަށް މަސައްކަތްކޮށްފިކަމަށް އިތުބާހުރި މަސްދަރަކުން ވީއޯއަށް މަޢުލޫމާތު ލިބިއްޖެއެވެ. އަދި ކަސްޓަމްސް އިންވެސް ވަނީ ޖުލައި، 25، 2010 ގައި ޗައިނާ އިން ބަރުކޮށްގެން ރާއްޖެގެނައި ކޮންޓޭނަރެއްގެ ތެރެއިން ފަސްކަނޑި ފެނިފައިވާ ކަމަށާއި މިކަނޑިތަކުގެ ދިގުމިނުގައި ތިންފުޓު ހުރިކަމަށާއި އަދި މިކަނޑިތައް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ވަގަށް ކަމަށް ހާމަކުރައްވާފައެވެ. ނަމަވެސް މިމައްސަލައާއި ގުޅުން ހުރި ފަރާތެއް ކަސްޓަމްސްއިން މިހާތަނަށް ހާމަކޮށްފައިނުވިނަމަވެސް މިކަނޑިތައް ކަސްޓަމްސް އިން ބޭރުކޮށްދިނުމަށް މަސައްކަތްކޮށްފައިވަނީ މުދާ ދޫކުރާބައިގެ ވެރިޔާ އަދި ޕީއޭގެ އަންހެނުންގެ ގޮފީގެ ނާއިބުރައީސް ޝިމްލާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިފަހަކަށްއައިސް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ޔާމީނު ރާވަމުން ގެންދަވާކަމަށް މާލެތެރޭގައިވަނީ ވަރަށްބޮޑަށް ފެތުރިފައެވެ.
Sorry, comments for this entry are closed at this time.