މިލަދޫގައި ޑީއާރުޕީ އާއި އެމްޑީޕީގެ މެންބަރުތަކެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި އެ ރަށު އޮފީހަށް ގެއްލުންތަކެއް ދީފި

March 8th, 2010 ލިޔުން ޝާއިއުކުރެވުނީ

ނ.މިލަދޫގައި ޑީއާރުޕީ އާއި އެމްޑީޕީގެ މެންބަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެ ރަށު އޮފީހަށް ގެއްލުންތަކެއް ދީފި އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އިއްޔެ ރޭ 10:30 ހާއިރު މިލަދޫގައި އޮތް ޑީއާރުޕީގެ ޖަލްސާއެއް ނިންމާލި ވަގުތު އެ ތަނަށް ގޮސް ތިބި އެމްޑީޕީގެ މެންބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ހިނގި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް އެރޭ ފަހުން، ބަޔަކު އެ ރަށު އޮފީސް ދޮށަށް އެއްވެ އޮފީހަށް އެކި ވަރުގެ ގެއްލުންތަކެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ރަށުން މައުލޫމާތު ލިބުނު ގޮތުގައި ރަށު އޮފީހަށް ގެއްލުން ދީފައި ވަނީ ޑީއާރުޕީގެ ބައެކެވެ. މިކަމާ ބެހޭ ގޮތުން މިލަދޫ ޑީއާރުޕީ ގޮފީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

.

އެ އޮފީހުގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލައި، އޮފީހަށް އިތުރު ގެއްލުންތައް ދީފައިވާ ކަމަށް އެ ރަށު އޮފީހުން ބުންޏެވެ.

.

މިލަދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ހަމަނުޖެހުން ފެށުނީ ޑީއާރުޕީގެ ބަޔަކާއި އެ ރަށު ކައުންސިލަރާ ދެމެދު ހިނގި ޒުވާބަކަށް ފަހު އެވެ. އަދި ހަމަނުޖެހުންގަނޑުގެ ތެރޭގައި މީހަކު ކައުންސިލަރުގެ މޫނުމަތީގައި ޖަހައި މާރާމާރީ ހިންގި ކަމަށް އޭނާ ބުންޏެވެ. އެކަން ވަނީ ފުލުހުން ވެސް ކަށަވަރު ކޮށްދީފަ އެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ރޭ ހައްޔަރުކޮށްފަ އެވެ.

Sorry, comments for this entry are closed at this time.