ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، ބައެއް މީޑިޔާތަކުން ޕާޓީ ބަދުނާމްކުރާކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

February 8th, 2010 ލިޔުން ޝާއިއުކުރެވުނީ

ސިވިލް ސަރވިސް ކޮމިޝަންތެރެއަށްވަދެ އަޑުގަދަކުރި މީހުންގެ މައްސަލަ ތަޙްޤީޤްކޮށް، ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި


މިމަހުގެ އެއްވަނަދުވަހު “ސަރުކާރު ހިންގާ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް” ސިވިލް ސާވިސް ކޮމިޝަންގެ އޮފީހަށްވަދެ އަޑުގަދަކުރިކަމަށް ބުނެ ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، އެޕާޓީ ބަދުނާމްވާގޮތަށް ބައެއް މީޑިޔާތަކުން ޚަބަރުފަތުރާފައިވާތީ، އެކަމާ ހިތާމަކޮށް، މީޑިޔާގެ އެއަމަލު އެމްޑީޕީން ކުށްވެރިކޮށްފިއެވެ

.

މިކަމާއިގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައިވަނީ، އެއްވެސް ހާލެއްގައި ސަރުކާރުގެވެސް އަދި މިނިވަން މުއައްސަސާއެއްގެވެސް ހުރުމަތް ކަނޑާލުމަށް އެއްވެސްފަރާތަކަށް ހިތްވަރުދީފައު ނޯންނާނެކަމަށެވެ. އަދި އެފަދަ އަމަލެއް ބަޔަކު ކޮށްފައިވާނަމަ، އެކަން ހިނގަން މެދުވެރި ސަބަބަކާއި، އެއަމަލު ހިންގިގޮތް ތަޙްޤީޤްކޮށް، ޤާނޫނީގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެމްޑިޕީންވަނީ ގޮވާލާފައެވެ. “ކުރީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އިޤްތިޞާދީގޮތުން ގައުމު ވެއްޓިފައިމިވާ ފުންއަނދަވަޅުން އަރައިނުގަނެވެނީސް، ސިވިލް ސާވިސް މުވައްޒަފުންގެ ކުރީގެ މުސާރަ އިޔާދަކުރުމަށް އެކޮމިޝަނުން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެގޮތުން ބަޔަކު ސިވިލް ސާވިސް ކޮމިޝަނުގެ އޮފީހަށް ވަދެ އަޑުގަދަ ކުރުމަކީ އެއްވެސް ހާލެއްގައި އެމްޑީޕީ އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއްކަމުގައި ނުދެކެން” އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ. އަދި އެފަރާތްތަކާ މުޚާޠަބުކުރުމުގައި ބައެއް މީޑިއާތަކުން “އެމްޑީޕީގެ އެކްޓިވިސްޓުން”ގެ ނަން ބޭނުންކޮށް، ޕާޓީ ބަދުނާމްވާގޮތަށް ވާހަކަދެއްކުމަކީ އެޕާޓީން ވަރަށް ކަންބޮޑުވާ ކަމެއްކަންވެސް ހާމަކޮށްފައި ވެއެވެ

.

މުސާރަ ބޮޑުނުކޮށްދިން މައްސަލާގައި، ސަރުކާރުގެ ބައެއް އޮފީސްތަކުގެ ބައެއް މުވައްޒަފުން މިމަހު އެއްވަނަދުވަހު މަސައްކަތް ހުއްޓާލައިފައިވަނިކޮށް، ބަޔަކު ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުން ތިއްބަވާ އޮފީހަށްވަދެ އަޑުގަދަކުރަމުންދިޔައިރު ނަގާފައިވާ ވީޑިއޯއެއްވަނީ އާއްމުވެފައެވެ. މިވީޑިއޯއިން ފެންނަގޮތުގައި، އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލާއި ވާހަކަދައްކާ އަޑުގަދަކުރަމުންދިޔައީ އެމްޑީޕީއަށް ނިސްބަތްވާ އެޕާޓީގެ ހަރުގޭގައިއުޅޭ އެކްޓިވިސްޓުންތަކެކެވެ. ނަމަވެސް އެމީހުން އެތަނަށްދިޔައީ އެމްޑީޕީ ނުވަތަ ސަރުކާރުން އަންގައިގެން ނުވަތަ ތަމްސީލުކުރުމަށްކަމަށް ބުނާއަޑެއް އެވީޑިއޯއިން ނުފެނެއެވެ. އޭގެބަދަލުގައި އެވީޑިއޯއިން ފެންނަނީ އެމްޑިޕީއަށް ނިސްބަތްވާ ބަޔަކު އަޑުގަދަކޮށް ވާހަކަދެއްކިއިރު، އެމީހުންގެ “ހައްގު” ކޮބައިތޯ ސުވާލުކުރާތަނެވެ. ބޭއަދަބީ ބަސްތައް ނުވަތަ މީހެއްގެ ގަޔަށް އަތްލާ ތަނެއްވެސް އެވީޑިއޯއިން ނުފެނެއެވެ

.

ސިވިލް ސަރވިސް ކޮމިޝަންތެރެއަށް ބަޔަކު ވަން މައްސަލަ އެކޮމިޝަނުން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ގެންދަވަނީ އެމައްސަލަ ބަލަމުންކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ

.

އެމްޑީޕީގެ ނޫސްބަޔާން

Sorry, comments for this entry are closed at this time.