ރާއްޖޭގައި ފުސް އުފެދި ލޮލަށް ފެންނަ ދުރުމިން މިދުވަސްކޮޅު ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފި
ރާއްޖޭގައި ފުސް އުފެދި ލޮލަށް ފެންނަ ދުރުމިން މިދުވަސްކޮޅު ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފި އެވެ. އާއްމުކޮށް އިރުވައި މޫސުމުގައި އުފެދޭ މި ފުހުގެ އަސަރު އެންމެ ބޮޑަށް ފެނިގެންދަނީ ރާއްޖޭގެ އުތުރާއި މެދުތެރެއިން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މިދުވަސްވަރު ލޮލަށް ފެންނަ ދުރުމިން އެންމެ ދަށަށްގޮސްފައިވަނީ ހަތަރު ކިލޯމީޓަރަށް ހދ. ހަނިމާދޫއަށެވެ. މާލެއަށް ހަ ކިލޯމީޓަރަށް ދަށަށްގޮސްފައިވާ އިރު، އަތޮޅުތަކުގައި އަށް ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މިފުސްގަނޑަކީ އުތުރާއި އިރުމަތީގައިވާ އޭޝީޔާ ބައްރުގެ ބައެއް ޤައުމުތަކުގެ ޖައްވުތެރެ ކިލަނބުވެފައިވާ އޮތުމުގެ ސަބަބުން އިރުއުތުރުން ޖެހޭ ވަޔާ ވިދިގެން އުފެދިފައިވާ ފުސްގަނޑެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތުދެއެވެ
.
ނަމަވެސް މި ފުސްގަނޑަކީ އެހެން ގައުމުތަކާ އަޅާބަލާއިރު އެހާބޮޑަށް ތަޣައްޔަރުވެފައިވާ ނުސާފުކަމެއް ނޫންކަމުން ޢާއްމު ސިއްޙަތަށް ގެއްލުންވާ ދަރަޖައަށް މިކަމުގެ އަސަރު ނުކުރާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ
.
ރާއްޖޭގައި ލޮލަށް ފެންނަ ދުރުމިން ޢާއްމުކޮށް ހުންނަނީ ދިހަ ކިލޯމީޓަރާއި ވިހި ކިލޯމީޓަރާ ދެމެދު އެވެ
.
ޚަބަރު: ޓީވީއެމް
Sorry, comments for this entry are closed at this time.