ކުނި ނައްތާލަން ބޭނުންކުރާ 13.5 މިލިއަން ރުފިޔާގެ ތަކެތި ޔުޓިލިޓީސް ކުންފުނިތަކާ ހަވާލުކޮށްފި
ޔޫރަޕިއަން ޔޫނިއަނާއި ވޯލްޑް ބޭންކުން ދީފައިވާ ކުނިނައްތާލަން ބޭނުންކުރާ 13.5 މިލިއަން ރުފިޔާގެ ތަކެތި ޔުޓިލިޓީސް ކުންފުނިތަކާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ތަކެތި ހަވާލު ކުރުމުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ސޮއި ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު މުހަންމަދު އަސްލަމެވެ. ޔުޓިލިޓީސް ކުންފުނިތަކުން ސޮއި ކުރެއްވީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ
.
ސައުތު އަރި އެޓޯލް ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ޔުޓިލިޓީސްތަކަށް ހަދިޔާކުރި އެއްޗެހިތަކުގެ ތެރޭގައި ކުނިއަޅާ ޑަސްބިނާއި ޖަނަރޭޓަރާއި ޕިކަޕާއި ދަޅުފިއްތާ މެޝިންނާއި އެކްސްކަވޭޓަރު ފަދަ ތަކެތި ހިމެނެ އެވެ. މި ތަކެތި ޔުޓިލިޓީސްތަކަށް ދީފައިވަނީ އެ އަތޮޅުގެ ނިސްބަތަށް ބެލުމަށް ފަހު ވަކި އަދަދަކަށެވެ
.
އެތަކެތި ހަވާލު ކުރުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެތަކެތި ހަވާލުކުރުމުން ރަށްރަށުގެ ކުނިނައްތާލުމުގެ މަސައްކަތް އަމަލީ ގޮތުން ޔުޓިލިޓީސް ކުންފުނިތަކާ ހަވާލުކުރެވުނީ ކަމަށެވެ. ހުރިހާ ރަށަކަށް އެ ސާމާނުން ހުރިހާ ރަށަކަށް ހިދުމަތް ނުދެވުނު ނަމަވެސް ވީހާ ވެސް ގިނަ ރަށަކަށް ހިދުމަތްދެވޭތޯ ކުންފުނިތަކުން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
.
ކުނިނައްތާލުމުގެ މަސައްކަތުގެ އިތުރުން ބަނދަރުތައް ބެލެހެއްޓުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ޔުޓިލިޓީސް ކުންފުނިތަކާ ހަވާލުކުރައްވާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ
.
ޔުޓިލިޓީސް ކުންފުނިތަކުން ބުނީ އެ ސާމާނުގެ އެހީގައި ވީހާ ވެސް ގިނަ ރަށްރަށުގެ ކުނު ނައްތާލެވޭތޯ ބަލާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މުއައްޒަފުން ތަމްރީނުކޮށް އިތުރަށް ބޭނުންވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނިތަކުން ބުނެ އެވެ
.
ޚަބަރު: ހަވީރު ނޫސް
Sorry, comments for this entry are closed at this time.