ވެލިދޫގައި މަދިރީގެ އުނދަގޫ ބޮޑުވެފައި

February 6th, 2010 ލިޔުން ޝާއިއުކުރެވުނީ

ނ.ވެލިދޫގައި ދިރިއުޅެމުންދާ ރައްޔިތުންނަށް މަދިރީގެ އުނދަގޫ ވަރަށްބޮޑަށް ކުރިމަތިވެފައިވާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މަދިރީގެ އުނދަގޫ ބޮޑުވެފައިވުމާއެކު އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައި ވިޔަސް، މިކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، މިއުނދަގޫ ތަހައްމަލުކުރުމުގައި އެމީހަކަށް ކުރެވުނު ކަމެއް ކުރަނީ ކަމަށް މައުލޫމާތު ލިބެއެވެ

.

މަދިރި ގިނަވުމުގައި ވެލިދޫގެ ކުނީގެ މައްސަލައަށް ހައްލެއް އައިސްފައި ނުވުން މިއީ އެންމެ ބޮޑު ސަބަބު ކަމަށް ވެލިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. “ކުނީގެ މައްސަލަ މިހާރުވެސް އޮތީ ހަމަ ކުރީވެސް އޮތް ގޮތަށް.. ރައީސް ވަޑައިގަންނަވައި ފާޑެއްގެ ޕްރޮގްރާމެއް ފެއްޓިޔަސް މިހާރު އޮތީ އެކަން ހުއްޓިފައި. ކުނިކޮށްޓަށް ކުނި އެޅުން އޮތީ ބޮއްސުންލާފައި. ކުނި ކޮށި ހިމެނޭ މުޅި ސަރަހައްދަކީ ކުނިކޮށި. މުޅި ހިސާބަށް އޮންނަނީ ކުނިއަޅާފައި”

ވެލިދޫން ވާހަކަ ދެއްކި މީހަކު ބުނީ މަދިރި ގިނަވެފައިވާވަރުން، ވެލިދޫގައި ބަލިމަޑުކަމެއް ފެތުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެފަދަ ކަމެއް ހިނގުމުގެ ކުރިން ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އުންމީދު ކުރަނީ މިކަމަށް އަވަސް ހައްލެއް ލިބޭނޭ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ

.

މަދިރީގެ އުނދަގޫ ބޮޑުވެފައިވާއިރު، މަދިރި މަދުކުރުމަށް ވެލިދޫ އޮފީހުންވެސް އަދި ވެލިދޫއަށް ނިސްބަތްވާ ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ

.

Sorry, comments for this entry are closed at this time.