ޕްރޮކިއުމަންޓް އޮފީހެއް ޤާއިމު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

December 22nd, 2009 ލިޔުން ޝާއިއުކުރެވުނީ

ސަރުކާރަށް ބޭނުންވާ އެކިއެކި ތަކެތި ގަތުމާއި ބަލައިގަތުމަށް ޕްރޮކިއުމަންޓް އޮފީހެއް ޤާއިމު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ

.

މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، ޕްރޮކިއުމަންޓް އޮފީހެއް ޤާއިމުކުރުމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، މިކަން އިތުރަށް ދިރާސާ ކުރެއްވުމަށާއި އަދި މިކަމާބެހޭ ކަރުދާހެއް ހުށަހެޅުއްވުމަށްޓަކައި ވަޒީރުންގެ ކޮމިޓީއެއް އުފެއްދެވިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ މުސްތަފާ ލުޠުފީއާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު ހުސްނުއް ސުޢޫދެވެ

.

Sorry, comments for this entry are closed at this time.