ސިވިލް ސާވިސް މުވައްޒަފުންގެ ކުރީގެ މުސާރަ ބަޖެޓުގައި ހިމެނުމަށް ބަޖެޓް ކޮމެޓީން ފާސްކޮށްފި
ސިވިލް ސާވިސް މުވައްޒަފުންނަށް ކުރިން ލިބެމުން އައި މުސާރަ އާއި އިނާޔަތް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި އެވެ.
ބަޖެޓް ކޮމެޓީން މި ގޮތަށް ފާސްކުރިއިރު އިގުތިސޯދީ ހާއްސަ ހާލަތާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިން އުނިކޮށްފައިވާ ބައި އަލުން ލިބޭ ގޮތަށް ސަރުކާރުން ބަޖެޓުގައި ހިމަނާފައި ނެތުމުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން މަޖިލީހުގެ މެމްބަރުންގެ ސަމާލުކަމަށް ގެނެސްފަ އެވެ
.
ބަޖެޓް ކޮމެޓީގެ މުގައްރިރު އަދި މ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ބަޖެޓުގައި ހިމެނުމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށެވެ
.
“ސިވިލް ސާވިސް ގާނޫނުގައި އޮވޭ އުނިކުރާ މުސާރަ ތިން މަސް ދުވަހުގެ ތެރޭގައި ރިވައިޒް ކުރަން ޖެހޭނެ ކަމަށް. އަނެއްކާ އެއާ އެކު ސިވިލް ސާވިސް ކޮމިޝަނުންނާއި ފިނޭންސުން ވެސް ބުނެފައި ވޭ އުނިކުރި ބައި އަލުން ލިބޭނީ ދައުލަތުގެ އާމްދަނީ ހަތް ބިލިއަނަށް އެރީމައޭ. އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރު އެ ވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ބުނާއިރު އުނި ކުރި މުސާރަ ހިމަނަން ޖެހޭ. ބަޖެޓުގައި އެ ބައި ހިމެނުމަށް ފަހު ދެން އެ މުސާރައާ މެދު ގޮތެއް ނިންމާނީ ފިނޭންސާއި ސިވިލް ސާވިސް ކޮމިޝަނުން،” ނާޒިމް ވިދާޅުވި އެވެ
.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ އޮކްޓޫބަރު 1 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުން އުނިކުރި ބަޔަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އަރަ އެވެ
.
Sorry, comments for this entry are closed at this time.