Archive for February, 2010

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހޮޅުދޫ އަލީ ރަޝީދު އިސްކުރައްވައިފި

ލިޔުން ޝާއިއުކުރެވުނީ 28 February, 2010

ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނ.ހޮޅުދޫ އާރާމުގޭ ޢަލީ ރަޝީދު އިސްކުރައްވައިފިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުމުގެ ހުއްދަ ނުދޭން ނިންމައިފި

ލިޔުން ޝާއިއުކުރެވުނީ 28 February, 2010

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ނުދޭ ގޮތަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސަރުކާރުން ނިންމައިފި އެވެ.

މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީ: އިލެކްޝަންސް

ލިޔުން ޝާއިއުކުރެވުނީ 27 February, 2010

ޑީއާރުޕީ އަށްވުރެ އިތުރަށް އެމްޑީޕީގައި ތިބީ ތިން ސަތޭކަ ނުވަދިހަ ހަ މެންބަރުން މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކުރީގެ ސަރުކާރުން ރާއްޖެއަށް ވާރުތަވެފައިވާ ދަރަނި ލުއިކޮށް ދެއްވުމަށް އެހީދޭ ފަރާތްތަކުގެ ކިބައިން ޑރ.ޝަހީދު އެދިވަޑައިގެންފި

ލިޔުން ޝާއިއުކުރެވުނީ 27 February, 2010

ކުރީގެ ސަރުކާރުގެ ފަރާތުން ވާރުތަވެފައިވާ ދަރަނި ލުއި ކޮށްދެއްވުމަށް ދިވެހިރާއްޖެއަށް އެހީދޭ ފަރާތްތަކުގެ ކިބައިން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު އެދިވަޑައިގެންފިއެވެ. އެ މަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ އަންނަމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެހީދޭ ފަރާތްތަކުގެ މަހާސިންތާ ނުވަތަ ޑޯނަރޒް ފޯރަމްގެ ކުރިން ކޮޅުނބުގައި ތިއްބަވާ އެހީދޭ ޤައުމުތަކުގެ މެދުގައި މައުލޫމާތުދެއްވުމަށް ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަލުގެ ޤަވާއިދާ ދެކޮޅަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 26 February, 2010

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ހޯމަ ދުވަހުން ފެށިގެން ލިބިދޭ ޤަވާއިދާ ދެކޮޅަށް ޢަދާލަތު ޕާޓީން އިންތިޒާމް ކުރި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެ އެ ގަވާއިދު ވަގުތުން އަނބުރާ ގެންދިޔުމަށް ގޮވާލައިފި އެވެ.

ރައްޔިތުން ނޭދޭގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 26 February, 2010

ސަރުކާރުން ގަވާއިދެއް ހެއްދެވުމުގައި އަދި އެއްވެސް ކަމެއް ކުރެއްވުމުގައި ރައްޔިތުން އެދޭގޮތާއި، ރައްޔިތުން ބޭނުންވާ ގޮތް ބައްލަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުން ނޭދޭގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަނާ ސަރަހައްދުތަކަށް އެއްވާ އެއްވުންތައް ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ލިޔުން ޝާއިއުކުރެވުނީ 25 February, 2010

ޤަވާއިދުގައި ކަނޑައަޅާފައިވާ އެއްވެ އުޅުން މަނާ ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދަކަށް އެއްވެއްޖެ ނަމަ އެ އެއްވުމެއް ރޫޅާލަން ޖެހޭނެ ކަމަށާއި އެ ގޮތަށް ޢަމަލު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށް ފުލުސް އޮފީހުން ހާމަކުރައްވައިފިއެވެ.

އަންހެނުންނަށް އިހާނާތްތެރިކޮށްހިތުން ހުއްޓުވުމާބެހޭ ބައިނަލްއަގްވާމީ މުޢާހަދާގައި، އަމަލުނުކޮށްހުރި ބައެއް މާއްދާތަކަށް ޢަމަލުކުރަން ފޮރިން މިނިސްޓްރީން ނިންމައިފި

ލިޔުން ޝާއިއުކުރެވުނީ 25 February, 2010

އަންހެނުންނަށް އިހާނާތްތެރިކޮށް ހިތުން ހުއްޓުވުމާ ބެހޭ ބައިނަލްއަގްވާމީ މުޢާހަދާގައި، ރާއްޖެއިން އަމަލު ނުކޮށް ހުރި ބައެއް މާއްދާތަކަށް އަމަލުކުރަން ފެށުމަށް ނިންމައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ރީކޯ މޫސާ މަނިކުގެ ކާރުގެ ތެރެއިން އަތުލައިގަތް ރާފުޅިތަކުގެ ކަންތަކަކީ ބަޔަކު ރާވައިގެން ކުރިކަމެއްކަމަށް ސަރުކާރުން ބުނެފި

ލިޔުން ޝާއިއުކުރެވުނީ 25 February, 2010

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރ، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ނަންމައްޗަށް ރަޖިސްޓަރީ ކުރެވިފައިވާ ކާރަކުން، ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައިވާ ބަނގުރަލުގެ ޤަވާޢިދު މިނިސްޓްރީ އޮފް އިކޮނޯމިކް ޑެވެލޮޕްމަންޓުން އިޢުލާންކުރި ދުވަހުގެ ރޭ، 168 ބަނގުރާފުޅި ފެނިފައިވާ މައްސަލަ ފުލުހުން ތަޙްޤީޤުކުރަމުން އެބަގެންދެއެވެ.