Archive for January, 2010

ޑީއާރުޕީން ބޭއްވި މުޒާހަރާގައި ރައީސްގެ ރަސްމީ ގެކޮޅާއި ސިފައިންނާއި ފުލުހުންގެ މަރުކަޒުތަކުގެ ހުރުމަތް ކަނޑާލުމަށް މަސައްކަތްކޮށްފައިވޭ: އެމްޑީޕީ

ލިޔުން ޝާއިއުކުރެވުނީ 31 January, 2010

ބުރާސްފަތި ދުވަހުގެރޭ ޑީއާރުޕީން ބޭއްވި މުޒާހިރާގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި ސިފައިންނާއި ފުލުހުންގެ މަރުކަޒުތަކުގެ ހުރުމަތް ކަނޑާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ

މައުމޫނު ފައުންޑޭޝަނަށް އިންޑިޔާ އިން ސްކޮލާޝިޕް ލިބިފައިވާ ކަމަށް މައުމޫން ވިދާޅުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 31 January, 2010

މައުމޫން ފައުންޑޭޝަނަށް އިންޑިޔާއިން ބައެއް ސްކޮލާޝިޕްތައް ލިބޭގޮތް ހަމަޖެހިފައިވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫންއަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ

ޕްރޮވިންސް އޮފީހަށް ލަފާދިނުމަށް “އުތުރު ޕްރޮވިންސްގެ މަޝްވަރާ މަޖިލިސް” އެކުލަވާލައިފި

ލިޔުން ޝާއިއުކުރެވުނީ 30 January, 2010

އުތުރު ޕްރޮވިންސްގެ ކަންތައްތައް ހިންގުމުގައި ޕްރޮވިންސް އޮފީހަށް ލަފާދިނުމަށްޓަކައި “އުތުރު ޕްރޮވިންސްގެ މަޝްވަރާ މަޖްލިސް”ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފިއެވެ. މިކޮމިޓީ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުއޮތީ މިދިޔަ ބުރާސްފަތިދުވަހު އުތުރު ޕްރޮވިންސްގެ ރ.އުނގޫފާރުގައެވެ .

ގަވާއިދާ ޚިލާފަށް ރާއްޖެގައިއުޅޭ ބިދޭސީން ހޯދައި ފުރުވާލުމުގެ މަސައްކަތް ޚާއްސަ ޓީމަކުން ފަށައިފި

ލިޔުން ޝާއިއުކުރެވުނީ 30 January, 2010

ގަވާއިދާ ޚިލާފަށް ރާއްޖެގައިއުޅޭ ބިދޭސީން ހޯދައި ފުރުވާލުމުގެ މަސައްކަތް ކަމާއިގުޅޭ ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް އުފައްދަވާފައިވާ ޚާއްސަ ޓީމަކުން މާލޭގައި ފަށައިފިއެވެ .

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ނ.އަތޮޅުގައި ފަށައިފި

ލިޔުން ޝާއިއުކުރެވުނީ 30 January, 2010

ކުޑަކުދިންނަށް ކުރާ އަނިޔާތަކާގުޅޭގޮތުން އަތޮޅުގެ ރަށްރަށުގެ ސްކޫލްކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ފަށާފައިވާކަމަށް ނ.އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ހާމަކުރައްވައިފިއެވެ

އިޤްތިޞާދީ ޙާލަތު އޭޕްރިލްމަހު ހުންނާނެގޮތް ދެނެގަނެ، އެ މަހަށް އަމާޒުކޮށްގެން މަސައްކަތް ކުރެވުނީމާ، މުސާރަ ބޮޑުކޮށްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 29 January, 2010

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޭޕްރިލްމަހު ހުންނާނެގޮތް ދެނެގަނެ، އެ މަހަށް އަމާޒުކޮށްގެން މަސައްކަތް ކުރެވުނީމާ، އިރާދަކުރެއްވިއްޔާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިވިލްސާވިސް މީހުންގެ މުސާރަ ބޮޑުކުރަން ގޮވި މީހުން މުލިއާގެ ދޮށަށް އެއްވެ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވައިފި

ލިޔުން ޝާއިއުކުރެވުނީ 29 January, 2010

ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި ހެދިގޮނޑުދޮށް ސަރަހައްދުގައި ޑީއާރުޕީން ރޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާގެ މުލީއާގެ ކައިރިއަށް އެއްވެ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވައިފިއެވެ

އައިޑީޕީ އުވާލުމުގެ މަޤްޞަދުގައި ޕާޓީގެ އަސާސީޤަވާއިދާ ޚިލާފަށް އުމަރު ނަޞީރު ކުރައްވާފައިވާ ކަމަށްބުނާ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

ލިޔުން ޝާއިއުކުރެވުނީ 28 January, 2010

އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ، އައިޑީޕީ އުވާލުމުގެ މަޤްޞަދުގައި އެޕާޓީގެ ކުރީގެ ރައީސް ޢުމަރު ނަސީރު، ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފަށް ކުރައްވާފައިވާކަމަށް ބުނާ ކަންތައްތައް، އެޕާޓީގެ ނާއިބް ރައީސް މުޙަންމަދު ޙަސަން މަނިކު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅުއްވައިފިއެވެ

ޕްރޮވިންސް ހެދުމަށް އިންކާރުކުރުމުގެ ވިސްނުން މިވަގުތު ޑީއާރްޕީގައި ހުންނާނެކަމަކަށް ނުފެންނަކަމަށް ރައީސް ވިދާޅުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 28 January, 2010

ޑީއާރްޕީ ޒުވާންވަމުންދާއިރު އެޕާޓީއަށް ދުރުވިސްނުން ނުފެންނަންވީ ސަބަބެއްނެތް: ރައީސް ނަޝީދު ލާމަރްކަޒީ ބިލް ބައްޓަންކޮށްގެން ކުރިއަށްގެންގޮސް، އަވަހަށް އެބިލް ފާސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ޕްރޮވިންސް ހެދުމަށް އިންކާރުކުރުމުގެ ވިސްނުން މިވަގުތު ޑީއާރްޕީގައި ހުންނާނެކަމަކަށް ނުފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދް ވިދާޅުވެއްޖެއެވެ.