Archive for December, 2009

ބޮޑެތި ބަލިތަކަށް ބޭސްކުރުމަށް ވެލްފެއަރ ފަންޑެއް ހެލްތުން ހުޅުވައިފި

ލިޔުން ޝާއިއުކުރެވުނީ 31 December, 2009

މަދަނަ ސްކީމްގެ ދަށުން ބޭސްކުރެވޭ ލިމިޓަށްވުރެ އިތުރުވާ ފަރާތްތަކަށް ބޭސްކުރުމަށް އެހީވުމަށް ވެލްފެއަރ ފަންޑްގެ ނަމުގައި ހެލްތް މިނިސްޓްރީން ފަންޑެއް ހުޅުވާލައިފިއެވެ

ކުށްވެރިންނަށް މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބިލް ފާސްކޮށްފި

ލިޔުން ޝާއިއުކުރެވުނީ 31 December, 2009

މައާފް ދިނުމާއި، އަދަބު ލުކޮށްދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ކޮމެޓީން ގެންނެވި އިސްލާހުތަކާއި، މެންބަރުން ހުށައަޅުއްވާ ފާސްކުރެއްވި ބައެއް އިސްލާހުތަކާއެކު މިއަދު ފާސްކުރައްވައިފިއެވެ

ބިނާކުރަނިވި ވިޔަފާރީގެ އިނާޔަތް އެމެރިކާއިން ދިވެހިރާއްޖެއަށް ދީފި

ލިޔުން ޝާއިއުކުރެވުނީ 31 December, 2009

ދިވެހިރާއްޖެއަކީ އެމެރިކާގެ ވިޔަފާރީގެ ބައިވެރިއަކަށްވުމަށް މިހާރު ކުފޫހަމަވާ ގައުމެއް: އެމެރިކާ އެމްބަސީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިމަހުގެ 23 ވަނަދުވަހު އިއުލާންކުރައްވައި ދިވެހިރާއްޖެއަށް ދެއްވި ނަފާ ވިޔަފާރީގެ އިނާޔަތުގެދަށުން، އެއްވެސް ޑިއުޓީއަކާނުލައި ދިވެހިރާއްޖޭގެ ބައެއް ވިޔަފާރި އުފެއްދުން އެމެރިކާއަށް ވިއްކުމުގެ ހުއްދަ ދެއްވައިފިއެވެ.

އެއްބަސްވެވޭ މަގެއް ހޯއްދެވުމަށްޓަކައި، “އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލު” އަނބުރާ ގެންނެވުމަށް ސަރުކާރުން ނިންމަވައިފި

ލިޔުން ޝާއިއުކުރެވުނީ 30 December, 2009

އެއްބަސްވެވޭ މަގެއް ހޯއްދެވުމަށްޓަކައި، މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލު” އަނބުރާ ގެންނެވުމަށް ސަރުކާރުން ނިންމަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުރިން ހުރި ވަރަށް ހަމަޖައްސައިފި

ލިޔުން ޝާއިއުކުރެވުނީ 30 December, 2009

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަންނަ މަހުގެ 1 އިން ފެށިގެން މީގެ ތިން މަސް ކުރިން އޮތް ވަރަށް ހަމަޖައްސާފައިވާ ކަމަށާއި އެގޮތަށް އޮފީސްތަކުން އަމަލުކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު އެދެފި އެވެ

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދިނުމަށް ގޮވާލައި ރައީސް އޮފީހަށް އެއްހާސް ސިޓީ ހުށަހަޅައިފި

ލިޔުން ޝާއިއުކުރެވުނީ 30 December, 2009

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދިނުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއްހާސް ސިޓީ މިއަދު ހުށަހަޅައިފި އެވެ

ޑީއާރުޕީން މަސައްކަތް ކުރަނީ އަތޮޅުތަކުގެ މުއްސަނދިކަމުގެ 40 އިންސައްތަ ރައްޔިތުންނަށް ލިބުނަ ނުދިނުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 29 December, 2009

އެމްޑީޕީއަކީ އެއްވެސްއިރެއްގައި ވެރިކަމުގެ ޝެހެންޝާހްގެ ދަހިވެތިކަމުގައި ވެރިކަންކުރަން ނުކުތްބައެއް ނޫން: ރައީސް ނަޝީދު އެމްޑީޕީއަކީ އެއްވެސް އިރެއްގައި ވެރިކަމުގެ ޝެހެންޝާހްގެ ދަހިވެތިކަމުގައި ވެރިކަންކުރަން ނުކުތް ބައެއް ނޫންކަމަށާއި، ރާއްޖޭގެ ވެރިކަން ހެޔޮގޮތުގައި ކުރެވޭނީ ރާއްޖޭގެ އަތޮޅުތަކަށް ހަޤީޤީ ވެރިކަމުގެބާރުދޫ ކޮށްގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މެޖޯރިޓީ އޮތީ ތިމަންނާމެން އަތުގައޭ ބުނާއިރު ވިސްނާލަންޖެހޭ

ލިޔުން ޝާއިއުކުރެވުނީ 29 December, 2009

ރައްޔިތުންގެ މަޖިލީހުގައި ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު ފެންނަމުން މިދަނީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން ހިތުހުރިގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރެވެ. މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެންބަރުންގެ ޚިޔާލާއި ފިކުރަށް އެއްވެސް އިޙްތިރާމް ކުރުމެއްނެތިއެވެ. ޑީއާރްޕީން މިގޮތަށް އަމަލުކުރުމުގައި އެންމެ ގިނައިން ބުނާބަހަކީ “ޑިމޮކްރަސީ އަކީ އަޣުލަބިއްޔަތަށް ތާއީދުކުރުން ކަމަށާއި އަޣުލަބިއްޔަތު އޮތީ ތިމަންނާމެންގެ އަތުގައި” ކަމަށެވެ

ސަރުކާރުގެ އޮފީސްތަކުގެ ރަސްމީގަޑީގައި، އުފެއްދުންތެރިކަމަށް ހުރަސްއެޅޭގޮތަށް ފޭސްބްކްފަދަ ސޯޝަލް ނެޓްވޯރކްތައް ބޭނުންކުރުން މަނާކުރަނީ

ލިޔުން ޝާއިއުކުރެވުނީ 29 December, 2009

ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑީގައި، އުފެއްދުންތެރިކަމަށް ހުރަސްއެޅޭގޮތަށް ފޭސްބްކްފަދަ ސޯޝަލް ނެޓްވޯރކްތައް ބޭނުންކުރުމަކީ މަނާ ކަމެއްކަމަށް ކަނޑައަޅުއްވައި، ނޭޝނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ޤަވާޢިދެއް އެކުލަވާލައްވައިފިއެވެ .