Archive for July, 2009

ސަރުކާރުގެ ވަޢުދުތައް ފުއްދަވައި ދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، މަޖިލީހާއި ރައްޔިތުންގެ އިތުރު އެހީތެރިކަމަށް ރައީސް ގޮވާލައްވައިފި

ލިޔުން ޝާއިއުކުރެވުނީ 31 July, 2009

-ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މިރާއްޖޭގައި ފޮހެވިގެންނުދާނެ މިންވަރަށް އަށަގަންނުވަން ބޭނުންފުޅުވާ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި ސަރުކާރުގެ ވަޢުދުތައް ފުއްދަވައި ދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، ރައްޔިތުންގެ މަޖިލީހާއި ޢާންމު ރައްޔިތުންގެ އިތުރު އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައެވެ.

މޫސާ އިނާޒު ފިލިތާ 48 ގަޑިއިރު ނުވަނީސް ފުލުހުން އޭނާ އަތުލައިގެންފި

ލިޔުން ޝާއިއުކުރެވުނީ 30 July, 2009

-އޭނަ ފިލުވަން މަސައްކަތްކުރި ހަތަރު މީހަކު ވެސް ވަނީ އަތުލައިގެންފައި ސަލްޓަންޕާކްގައި ބޮންގޮއްވާލި ހާދިސާގައި 15 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ދިޔަ މޫސާ އިނާޒު ފިލިތާ 48 ގަޑިއިރު ނުވަނީސް ފުލުހުން އޭނާ ހޯދައިފި އެވެ.

ރިޔާސީ ކޮމިޝަނުގެ ބަޔާނަށް މައުމޫން ދެއްވި ރައްދު: ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެފައެއް ނޯންނާނެ

ލިޔުން ޝާއިއުކުރެވުނީ 30 July, 2009

ކުރީގެ ރައީސް މައުމޫނާއި ކުރައްވަން ބޭނުންފުޅުވާ 9 ސުވާލެއް ހިމެނޭގޮތުން ރިޔާސީ ކޮމިޝަނުން ނެރުއްވި ނޫސްބަޔާނަށް ޖަވާބު ދެއްވުމުގެގޮތުން، އެބަޔާނުގައި ހާމަކޮށްފައިވާ ކަންކަމަށް ރައްދު ދެއްވައި މައުމޫނުގެ ފަރާތުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ.

ކޮންމެ ކުއްޖަކީވެސް މުޖުތަމައަށް ފައިދާހުރި މަސައްކަތެއްކުރާ ކުއްޖަކަށްވުމަށް ނާއިބް ރައީސް ގޮވާލައްވައިފި

ލިޔުން ޝާއިއުކުރެވުނީ 30 July, 2009

ކޮންމެ ކުއްޖަކީވެސް މުޖްތަމަޢު ގަބޫލުކުރާ، މުޖްތަމަޢުގެ އިޙްތިރާމް ލިބިގެންވާ އަދި މުޖްތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ކުއްޖަކަށްވުމުގެ ޢަޒުމް ކަނޑައެޅުމަށް، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު ގޮވާލައްވައިފިއެވެ.

މައުމޫން އަދާކުރެއްވުން އެންމެ ރަނގަޅު ދައުރަކީ ބައިނަލްއަގްވާމީ ސަހުސިއްޔަތެއްގެ ދައުރުކަމަށް އީޔޫ ޕާލަމެންޓް މެންބަރަކު ވިދާޅުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 29 July, 2009

ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ވަރަށް ގިނަ ރަޙުމަތްތެރިން ތިބި ބޭފުޅެއްކަމަށާއި އެހެނިހެން ކުރީގެ ރައީސުންނެކޭ އެއްފަދައިން ބައިނަލް އަޤުވާމީ ޝަޚުސިއްޔަތެއްގެ ގޮތުގައި އެމަނިކުފާން ހުންނެވުން ރަނގަޅުވާނެކަމަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިހާދުގެ ޕާލަމެންޓް މެންބަރު ނަރޖް ދޭވާ ވިދާޅުވެއްޖެއެވެ.

ސަލްޓަންޕާކްގައި ބޮން ގޮއްވި މައްސަލައާ ގުޅިގެން 15 އަހަރަށް ޖަލަށްލި މޫސާ އިނާޒް ފިލައިފި

ލިޔުން ޝާއިއުކުރެވުނީ 29 July, 2009

ދެހާސް ހަތްވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި ސަލްޓަން ޕާކްގައި ބޮންގޮއްވާލި މައްސަލައާ ގުޅިގެން 15 އަހަރަށް ޖަލަށް ހުކުމް ކުރުމުން، އެ ހުކުމް ތަންފީޒް ކުރަމުންދިޔަ ލ.ކަޅައިދޫ، ފިނިހިޔާގޭ، މޫސާ އިނާޒް ފިލައިފިއެވެ.

ހޮޅުދޫ އިރުމަތީ ފަރާތް ގިރަމުންދާތީ ވެލިދޫ ދާއިރާގެ މެންބަރު ޕެޓިޝަނެއް ހުށަހަޅައިފި

ލިޔުން ޝާއިއުކުރެވުނީ 29 July, 2009

ނ.ހޮޅުދޫ އިރުމަތީ ފަރާތް ގިރަމުންދާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއް ހުށަހަޅުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދު (ހޮޅުދޫ އަލިބެ) އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑީއާރުޕީގެ އިސް ދެބޭފުޅަކާއި އެމްޑީޕީގެ އިސް ދެބޭފުޅަކާއެކު ރައީސް ނަޝީދު ބައްދަލުވުމެއް ބާއްވައިފި

ލިޔުން ޝާއިއުކުރެވުނީ 28 July, 2009

ރައްޔިތުންގެ މަޖިލީހުގެ ޑީއާރުޕީގެ އިސް ދެމެންބަރަކާއި އެމްޑީޕީގެ އިސް ދެމެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައްދަލުވުމެއް ބާއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ސިރާޖުގެ ނަންވެސް ފާހެއްނުކުރި

ލިޔުން ޝާއިއުކުރެވުނީ 28 July, 2009

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، އެ ކޮމިޝަންގެ ނާއިބް ރައީސް ޙުސެއިން ސިރާޖުގެ ނަންފުޅު މަޖިލީހުން ފާސްނުކޮށް ބޭރުކޮށްލައިފި އެވެ.