ހުސްއަލި ބަށި މުބާރާތް 2012 ގެ ފައިނަލަށް މިސްޓްރިކް އަދި ވީ ވައި ސީ ފަތްމިނި ޓީމް

ހުސްއަލި ބަށިމުބާރާތުގެ 3 ވަނަ މެޗްގައި ބައްދަލުކުރި މިސްޓްރިކް ސްޕޯޓްސް ކްލަބުގެ މިސްޓްރިކާއި ކްލަބް ވެލިދޫ ފްރެންޑްސް ގެ ފްރެންޑްސް ޓީމް ބައްދަލުކުރި މެޗް 15ލަނޑު 11 ފޯލި އަދި 12 ލަނޑު0 ފޯލިން މޮޅުވީ މިސްޓްރިކް ޓީމެވެ. މިމެޗްގެ ނަތީޖާ އާއެކު ފައިނަލްގައި ބައްދަލުކުރާނީ ވެލިދޫ ޔޫތުކްލަބުގެ ވީ.ވައި.ސީ ފަތްމިނި ޓީމާއި މިސްޓްރިކްސްޕޯޓްސް ކްލަބުގެ މިސްޓްރިކް އެވެ. މި މެޗްގެ މޮޅުކުޅުންތެރި އަކަށް ހޮވުނީ މިސްޓްރިކް ޓީމުގެ 11 ނަންބަރ  ރިޒްވީން އެވެ.        ފައިނަލް މެޗުގެ ކުޅުން އޮންނާނީ 29 މެއި

އިތުރަށް ވިދާޅުވޭ

ހުސްއަލި ބަށިމުބާރާތް 2012 ފެށިގެން ކުރިއަށް ދަނީ

26 މެއި 2012 ހުސްއަލި ބަށީ މުބާރާތުގައި މިއަދުގެ މެޗުގައި ބައްދަލުކުރި ވީވައިސީ ފަތްމިނި އަދި ފްރެންޑްސް ގެ މެޗުން ވީ.ވައި. ސީ ފަތްމިނި 15 ލަނޑު 3 ފޯލި  އަދި ކްލަބް ފްރެންޑްސް 12 ލަނޑު 3 ފޯލިން ކާމިޔާބުކުރީ ވީ.ވައި.ސީ ފަތްމިނި ޓީމެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވީ.ވައި.ސީ ފަތްމިނި ޓީމުގެ (7) ކެޕްޓަން ޙައްވާ ނިޝާމާ އެވެ. މި މުބާރާތުގައި ބައިވެރިވި 3 ޓީމުގެ ތެރެއިން ވީ.ވައި.ސީ ފަތްމިނި ޓީމްވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ

އިތުރަށް ވިދާޅުވޭ

ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

       ނ.ވެލިދޫ މާދުނި ޢަބްދުއްރަހްމާން ޢަބްދުލްހަކީމްގެ ރޯޔަލްމަންތާ ސަފާރީ ކ.ގުޅި ފަރަށް އަރައިފިއެވެ. ވީ.އޯ އަށް މައުލޫމާތު ލިބުނުގޮތުގައި ފަރަށް އަރާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ރޯޔަލްމަންތާ ފަރަށްއެރި އިރު ބޯޓުގައި 23 ފަތުރުވެރިން ތިބިކަމަށް ރަހުމާން ވިދާޅުވިއެވެ. އަދި ބޯޓު އަރާފައިވާ ސަރަހައްދަކީ އެރަށުގެ ފުއްޓަރުފަރާތްކަމަށްވާތީ އެހިސާބުގައި ރާޅު ބޮޑުކަމުން ބޯޓު މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ބޯޓު ފުންކުރުމަށް ބަޔަކާ ޙަވާލުކުރެވިފައިވާކަމަށާއި އެހެންނަމަވެސް މިހާތަނަށް ކުރެވުނުމަސައްކަތުން އަދި ފުންކުރެވިފައިނުވާކަމަށް ބޯޓު ކައިރީގައި ފުންކުރުމުގެ

އިތުރަށް ވިދާޅުވޭ