ޑިމޮކްރަސީ

ވެލިދޫ މުޙައްމަދު ޙަލީމް މާދަމާއަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 16 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހެވެ. މިދުވަސް ފާހަގަ ކުރަން ފެށިފައިވަނީ 1997 ސެޕްޓެމްބަރު 16 ވަނަ ދުވަހު މިސްރުގެ ވެރިރަށް ޤާހިރާ ގައި ބޭއްވުނު އިންޓަރ ޕާލަމެންޓްރީ ކައުންސިލުގެ 161 ވަނަ ޖަލްސާގައި ފާސްކުރި އާންމު ޤަރާރެއްގެ ދަށުންނެވެ. އެޤަރާރުގައި ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ޘަޤާފީ ގޮތުން ޤައުމުތަކުގެ މެދުގައި ތަފާތުތައްހުރިނަމަވެސް އެޤައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމަކަމާ

Read more

ދިވެހިރާއްޖޭގެ 48 ވަނަ މިނިވަން ދުވަސް

ދިވެހިރާއްޖޭގެ 48 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވެލިދޫ އޮންލައިންގެ އެންމެހާ ކިޔުންތެރިނަށާއި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ނ. ވެލިދޫގައި 26 ޖުލައި ވީ ބުރާސްފަތި ދުވަހުގެރޭ ގެ 21:50 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ވެލިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ވެލިދޫ ކައުންސިލް ގެ ނާއިބު ރައީސް އަލްފާޟިލް އަޙުމަދު ސަޢީދުއެވެ. ދިދަ ނެގުމާއެކު ޤައުމީސަލާމް ކިޔުން އޮތެވެ. އަދި ކައުންސިލް

Read more

ވާހަކަދެއްކުމުގައި ޕޯލް ގްރައިސްގެ މެކްސީމްތަކަށް ތަބާވާން ޖެހޭ ހެއްޔެވެ؟

ފެށުން މުވާޞަލާތަކީ އެއްބަޔަކު އަނެއްބަޔަކާއި، އެއްމުޖުތަމަޢު އަނެއް މުޖުތަމަޢުއަކާއި، އެއްޤައުމު އަނެއް ޤައުމާއި ގުޅުވައިދޭ ފާލަމެވެ. ވުމާއެކު މިބައިމީހުންގެ މެދުގައި ހިންގޭ މުވާޞަލާތު ކާމިޔާބު ވުމާއި ނުވުން ހިމެނިގެންދަނީ އެބަޔަކު މުވާޞަލާތު ކުރުމުގައި ގެންގުޅޭ ވައްޓަފާޅިއަކުންނެވެ. މިގޮތުން ތިމާގެ ބޭނުންތައް އަނެކާއަށް ބުނެދިނުމުގައާއި ތިމާ އަނެކާގެ ކިބައިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް ހާސިލުކުރެވެނީ ވަކި ގޮތަކަށް ތިމާގެ ވާހަކަތައް ބައްޓަން ކުރެވިގެންނެވެ.

Read more

ރައީސް ނަޝީދުގެ މައްސަލަ ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ހުޅުމާލޭ ކޯޓަށް ލިބިގެންނުވޭ.

ކްރިމިނަލް ކޯޓްގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު، 16 ޖެނުއަރީ 2012 ވަނަ ދުވަހު ޤައުމީ ދިފާޢީ ބާރުގެ ދަށަށް ގެންގޮސް ގިރިފުށީގައި ބެހެއްޓި މައްސަލައާއި ގުޅިގެން ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިޔުޓަރ ޖެނަރަލްގެ އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް 2012 ޖުލައި 15 ވަނަ ދުވަހު ހުށައަޅާފައެވެ.

Read more

ދިވެހިރާއްޖޭގައި ކޯޕްރޭޓް ގަވަރނަންސް މިހާރު އޮތް ޙާލަތު ދެނެގަތުން

ދިވެހިރާއްޖޭގައި 1930 ގެ އަހަރުތަކުން ފެށިގެން އެކިތަފާތު ނަންނަމުގައި ކުންފުނިތައް ހެދެމުން އައިސްފައިވެއެވެ. ނަމަވެސް މިކުންފުނިތައް ވުޖޫދަށް އައިސްފައިވަނީ އެއްވެސް ޤާނޫނެއްގެ ދަށަކުންނޫނެވެ. އަދި މިކުންފުނިތަކަކީ މިޒަމާނުގައި މިކިޔާ ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކާ އެއްގޮތަށް ހެދުނު ކުންފުނިތަކެއްވެސް ނޫނެވެ.  ދިވެހިރާއްޖޭގައި ކުންފުންޏަކީ ކުންފުނީ ގެ ޙިއްސާދާރުންނާ ވަކިން، ވަކި ޝަޚުޝެއް ކަމުގައި ކަނޑައެޅުމުގެ  ތާރީޚުން އެގެނީ 1988 ގައި އޭރުގެ ރައީސުލް ޖުމުހޫރިއްޔާ ނެރުއްވި ނަމްބަރ: 123/1988 ރިޔާސީ ޤަރާރަކުންނެވެ.  މިޤަރާރަށް ކިޔަނީ “ލިމިޓެޑް ލަޔަބިލަޓީ ކުންފުންޏާ ބެހޭ ރިޔާސީ ޤަރާރު” އެވެ. 

Read more
1 2 3 4 5 109