ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން

ޝަޢްބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި އައިސްފައިވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. މާތްﷲރުއްސުންލެއްވިއުއްމު ސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ޝަޢްބާން މަހާރި ރަމަޟާން މަސް ފިޔަވާ ވިދިވިދިގެން ދެމަސްދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަނެއް ތިމަން ކަމަނާ ދެކިވަޑައި ނުގަންނަވަމުއެވެ”

Read more

ނ. ވެލިދޫގައި ކުޑަކުދީންގެ ދުވަސް ފާހަގަކޮށްފި

  ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ނ ވެލިދޫ ކައުންސިލްގެ އިދާރާ އާއި ނ. އަތޮޅުތަޢުލީމީމަރުކަޒާ ވެލިދޫ ނަހުޒާ ޕްރީސްކޫލް އަދި ކްލަބް ޖަމިއްޔާތައް ގުޅިގެން ކުޑަކުދިންގެ ދުވަސް ވަރަށް ކުލަގަދަ ކޮށް ފާހަގަކޮށްފިއެވެ.  ވެލިދޫ ސްޓޭޖް ސަރަޙައްދުގައި އޮތް މި އިވެންޓްގައި ވެލިދޫ ޕޮލިސްސްޓޭޝަންގެ 2 ސްޓޯލަކާއި ނ. އަތޮޅު ތަޢުލީމީމަރުކަޒުގެ 2 ސްޓޯލް ހިމެނެއެވެ. މި ސްޓޯލްތަކުގައި ޓްރެފިކް ސައިންތައް ދަސްކޮށްދިނުމާއި  ދިވެހި ޘަޤާފަތް ދައްކުވައިދޭ ސްޓޯލަކާއި އެންގްރީ ބާރޑް އަދި ފޭސް ޕެއިންޓް ކުރުން ހިމެނެއެވެ. އަދި ޕްރީސްކޫލް

Read more

އެސްފޯ ސަމްސަން އިން ދައްކާލައިފި

ސަމްސަންގު އެސްފޯ ރިލީޒްކުރުމަށް ނިއުޔޯރކުގައި ބޭއްވި ހަފްލާގައި ފޯންގެ ފީޗާރސްތައްވަނީ ދައްކާލާފަ،  މިގޮތުން އެންމެ ފާހަގަ ކޮށްލެވުނު ފިޗާއަކީ އައި ސްކުރޯލް އަދި ސުމާރޓް ޕޯސް ފީޗާއެވެ.ސްމާރޓް ސްކުރޯލް އަކީ ލޮލުގެ އިސާރާތުން  ސްކުރޯލް ކުރެވޭ ފީޗާއެއް.މީގެ އެންމެ ބޮޑު އެއްބޭނުމަކީ އެއްޗެއް ކިޔަމުންދާއިރު ލޮލުގެ އިސާރާތުން ޕޭޖް ސްކުރޯލް ކުރެވޭތީއެވެ.އަދި މީގެ އިތުރުން ސްމާޓް ޕޯސްއަކިވެސް ވަރަށް ފުރިހަމަ ފީޗާއެއް.މިފީޗާގެ އެންމެބޮޑު އެއްބޭނުމަކީ ވީޑިއޯއެއް ބަލަމުންދާއިރު ފޯނާ ދުރަށް ދިއުމުން ވަގުތުން ވީޑިއޯ ޕޯސް ކުރުން ނުވަތަ އެހެން ދިމައަކަށް ބެލުމުން  އޮޓޯއިން

Read more

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތަ؟

ތަޢާރަފް: އިންސާނުންނަކީ މާތްﷲ މަތިކުރައްވާފައިވާ މަޚްލޫޤެކެވެ. އެ އިންސާނާ ނިސްބަތްވާ ޤައުމެއްގެ ސަބަބުން ނުވަތަ ރަށެއްގެ ސަބަބުން ނުވަތަ ޤަބީލާއެއްގެ ސަބަބުން އެއިންސާނާއަށް ލިބޭ އިތުރު އެއްވެސް މާތްކަމެއް ނުވެއެވެ. އެހެނެއްކަމަކު، އެ އިންސާނާ މާތްވަނީ އޭނާގެ ތަޤްވާގެ ސަބަބުންނެވެ. ފުރިހަމަ ތަޤްވާވެރިއަކު އޭނާގެ އަމިއްލަ ނަފްސަކަށް އަނިޔާއެއް ނުދޭނެއެވެ. އަދި އެހެނިހެން އިންސާނުންނަށް އަނިޔާވެރިއެއްވެސް ނުވާނެއެވެ. އަދި އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެންމީހުން ސަލާމަތް ކޮށްދޭނެއެވެ. މި މޭރުމުން ވިސްނާލާއިރު މީހަކު ލައްވައި މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ އަނިޔާއެކެވެ. އެމީހާއީ

Read more

މުޢާހަދާ

ވެލިދޫ މުޙައްމަދު ޙަލީމް ފެށުން އިސްލާމް ދީނަކީ ރަޙުމަތާއި އަޅާލުމުގެ ދީނެވެ. މި ދީނުގައި ވަކި މީހަކަށް ވަކި ނަޞްލަކަށް ބެލުމެއް ނެތެވެ. އިސްލާމްދީނުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަބައެކެވެ. އެހެންކަމުން އިސްލާމީ ގުޅުންތަކުގެ ދާއިރާގައި ޣައިރު މުސްލިމުންނާއި ގުޅުންތައް ތަންޒީމު ކުރަންވީ ގޮތް އިސްލާމީ ޝަރީޢަތުގައި ވަނީ ކަނޑައަޅުއްވާފައެވެ. އިހުގެ ލިޔުންތަކުން އެނގޭގޮތުގައި އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ގާނޫނުގެ އޮނިގަނޑެއް އައުމުގެ ކުރީގައި އޭރު ޤައުމުތަކުގެ މެދުގައި ޢަމަލުކުރަމުން އައީ އިސްލާމީ ޤާނޫނީ ތަޖުރިބާކާރު މުފައްކިރުންގެ ލަފައާއި، އިރުޝާދު ދަށުންނެވެ. އެހެނީ އިސްލާމީ ދީނުގެ

Read more
1 2 3 4 109