ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ތިންބޭފުޅަކު ޢައްޔަންކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ ކަމުގައި ހުންނެވި ފަޔާޒް، ސިވިލްއޭވިއޭޝަން މިނިސްޓްރީގެ ނައިބަކަށް ފުލުހުންގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތިންބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

އިތުރަށް ވިދާޅުވޭ

މަސްވެރިންނާއި ދަނޑުވެރިންނަށް މަދަނައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެ

ދަނޑުވެރިކަންކުރާ ބިންބިމާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި މަސްވެރިންނާއި ދަނޑުވެރިންނަށް މަދަނައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެއެވެ.  ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ދަރުބާރުގޭ ފަންސަވީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިޝަރީޒް ޑރ. އިބްރާހިމް ދީދީ ވިދާޅުވީ، މަސްވެރިންނާއި ދަނޑުވެރިންނަށް މަދަނައިގެ ހިދުމަތް ދިނުމަށް ބޭނުންވާ އެމީހުންގެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

އިތުރަށް ވިދާޅުވޭ

ތިނެއް ފަންސާސް (350) ހަރަކާތްތައް ވެލިދޫގައި ކުރިއަށް އެބަދޭ

11:00 މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ހިންގާ ހަރަކާތްތަކަށް ވެލިދޫ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ވެލިދޫގައި ޚާއްސަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ.

އިތުރަށް ވިދާޅުވޭ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޫތު ވޮއިސް (މައިވޮއިސް) އިން 2009 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިވޮއިސްގެ އެޑްވައިޒަރ މުޙައްމަދު ޙަލީމް ދެއްވި ބަޔާން

އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ ރާއްޖެ އދ ގައި ބައިވެރިވީފަހުން މިހާރު ގާތްގަޑަކަށް ސާޅީހަށްވުރެ ގިނަ އަހަރުވެއްޖެ. މިދިގުމުއްދަތުގައި އދ ގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަރާތުންވަނީ ރައީސް މުޙައްމަދު ނަޝީދު ބަލަހައްޓަވާފަ.

އިތުރަށް ވިދާޅުވޭ
1 107 108 109