ހުސް އަލި ބަށި މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ނ. ވެލިދޫގައި އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ހުސްއަލި ބަށި މުބާރާތް2012” ގައި ބައިވެރިވާ ޓީމް ތަކުގެ މެދުގައި ގުރުއަތުލުން ރޭ ބާއްވައިފި އެވެ. ހުސްއަލި ކޮންސްޓްރަކްޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ވެލިދޫގެ 3  ކުލަބަކުން ވަނީ ބައިވެރިވެ ފައެވެ، އެއީ ވެލިދޫ ޔޫތު ކުލަބުގެ ޓީމަކާއި މިސްޓްރިކްސްޕޯޓްސް ކްލަބުގެ ޓީމަކާއި ކްލަބު ވެލިދޫ ފްރެންޑްސް ގެ ޓީމެކެވެ. މި މުބާރާތުގައި 25 މެއި ވާ ހުކުރު ދުވަހު ފަށާ މެޗްގައި ބައްދަލުކުރާނީ ވެލިދޫ ޔޫތުކްލަބުގެ ރަނިޓީމާއި މިސްޓްރކްސްޕޯޓްސް ކުލަބުގެ މިސްޓްރިކް

އިތުރަށް ވިދާޅުވޭ

ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލްކޮށްފި

އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ވެލިދޫ ގެ މިސްޓްރިކް ސްޕޯޓްސް ކްލަބު ގުޅިގެން ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލްކޮށްފި އެވެ. މިމަހުގެ 1 އިން 25 އަށް ނ.ވެލިދޫގައި ހިންގި މިޕްރޮގްރާމަކީ،ސްކޫލް ކުދިންނާއި ޢަންމުންނަށް ވެސް ބައިވެރި ވެވޭގޮތަށް ހިންގުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ނިންމުމުގެ ގޮތުން ނ.ވެލިދޫ، ނަހުޒާ ޕްރީ ސްކޫލުގައި  ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިޔުޓީ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުޙުރީއެވެ. ޖުމުލަ 70 ފަރާތެއް ބައިވެރިވި މިޕްރޮގްރާމްގައި 58

އިތުރަށް ވިދާޅުވޭ

ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

ވެލިދޫގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ ހުސްއަލި ކޮންސްޓްރަކްޝަން ގެ ފަރާތުން ވެލިދޫގެ އަންހެނުން ނަށް އަމާޒުކޮށްގެން ވެލިދޫ ގެ ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުޅުމަށްހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ25 ގައެވެ. ހުސްއަލި ކޮންސްޓްރަކްޘަންގެ ފަރާތުން ވަނީ މީގެ ކުރިންވެސް ވެލިދޫ ޔޫތުޑިވެލޮޕްމަންޓް ސޮސައިޓީ(ވީޑްސް) އާއި ގުޅިގެން ވަނީ ނެޓްބޯޅަ މުބާރާތެއްވެސް ބާއްވާފައެވެ. މި ފަހަރުގެ މި ބަށި މުބާރާތަކީ ހަމައެކަނި އެ ކުންފުނިން ރާވާ ހިންގާ މުބާރާތެއްކަމަށް އެ މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ މުޙައްމަދު ޢަލީ ވީ އޯ

އިތުރަށް ވިދާޅުވޭ

ރޯޔަލްމަންތާ ސަފާރީ ފަރަށް އަރައިފި

       ނ.ވެލިދޫ މާދުނި ޢަބްދުއްރަހްމާން ޢަބްދުލްހަކީމްގެ ރޯޔަލްމަންތާ ސަފާރީ ކ.ގުޅި ފަރަށް އަރައިފިއެވެ. ވީ.އޯ އަށް މައުލޫމާތު ލިބުނުގޮތުގައި ފަރަށް އަރާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ރޯޔަލްމަންތާ ފަރަށްއެރި އިރު ބޯޓުގައި 23 ފަތުރުވެރިން ތިބިކަމަށް ރަހުމާން ވިދާޅުވިއެވެ. އަދި ބޯޓު އަރާފައިވާ ސަރަހައްދަކީ އެރަށުގެ ފުއްޓަރުފަރާތްކަމަށްވާތީ އެހިސާބުގައި ރާޅު ބޮޑުކަމުން ބޯޓު މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ބޯޓު ފުންކުރުމަށް ބަޔަކާ ޙަވާލުކުރެވިފައިވާކަމަށާއި އެހެންނަމަވެސް މިހާތަނަށް ކުރެވުނުމަސައްކަތުން އަދި ފުންކުރެވިފައިނުވާކަމަށް ބޯޓު ކައިރީގައި ފުންކުރުމުގެ

އިތުރަށް ވިދާޅުވޭ

އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

އިންޑޮނޭޝިޔާއަށް 8.9 މެގުނެޓިއުޑްގެ ބާރު މިނުގެގައި ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި އެވެ. ބާރުގަދަ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާގެ އަޗޭ ކައިރި އަށެވެ. ބިންހެލުމާއި ގުޅިގެން  ސިންގަޕޯރ އަދި ސްރީލަންކާ އަދި އިންޑިޔާ އަދި ދިވެހިރާއްޖެއަށް ވެސް ސުނާމީ އެއް އަތުވެދާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކޮންމެވެސް ވަރަކަށް ކޮށްފާވެއެވެ. ރަށްރަށުންވެސް ސުނާމީ އެއް އަތުވެދާނެކަމަށް ދަނީ ތައްޔާރީ ހާލަތަކަށް އަންނަމުންނެވެ. މާލޭގައިވެސް އުސްޢިމާރާތްތަކުގައި މީހުން ނުތިބުމަށާއި ޢިމާރާތްތަކުގެތެރޭގައި ތިބި މީހުން ތިރިއަށް ފައިބަމުންދާކަމަށް

އިތުރަށް ވިދާޅުވޭ
1 2 3 4 5 325