ގުޅޭ ލިޔުންތަށް ‘ޚަބަރު’ ކެޓެގެރީ

ޕާކިސްތާނަށް އެހީވުމުގެ ޓެލެތޯން ފަށައިފި

ލިޔުން ޝާއިއުކުރެވުނީ 10 September, 2010

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 24 ގަޑިއިރުގެ ޓެލެތޯނެއް މިއަދު ފަށައިފި އެވެ. ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނާއި ބައެއް ޖަމިއްޔާތަކާއި ފަންނާނުން ކުރިއަށް ގެންދާ “ހެލްޕް ޕާކިސްތާން” ކެމްޕޭންގައި ވަނީ ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އިންސާނީ ޙައްޤުތަކުގެ ދާއިރާއިން އިސްލާމީ އުއްމަތަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ދިވެހިރާއްޖެއިން އިސް ދައުރެއް އަދާކުރާނެކަމަށް އުއްމީދު ކުރައްވާކަމުގައި ސަޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 10 September, 2010

އިންސާނީ ޙައްޤުތަކުގެ ދާއިރާއިން އިސްލާމީ އުއްމަތަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ދިވެހިރާއްޖެއިން އިސް ދައުރެއް އަދާކުރާނެކަމަށް އުއްމީދު ކުރައްވާކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ރޭޑިޔޯ ޚިޠާބު: އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ރާއްޖެއިން ބޭނުންކުރާނީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 10 September, 2010

އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ރާއްޖެއިން ބޭނުންކުރާނީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި، ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ފައިދާ ހޯދައިދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގުރުއާން އަންދާލަން ރޭވިޔަސް އަޅުގަނޑުމެން ހަރުކަށި އަމަލެއް ހިންގައިގެން ނުވާނެ: ޝަހީމް

ލިޔުން ޝާއިއުކުރެވުނީ 10 September, 2010

މާދަމާ ގުރުއާނުގެ މުސްހަފްތަކެއް އެންދުމަށް އެމެރިކާގެ ފައްޅިއަކުން ރާވާފައިވާ ހަރަކާތާ ގުޅުވައިގެން ހަރުކަށި އަމަލެއް ނުހިންގުމަށް މިއަދުގެ އީދު ހުތުބާގައި އިލްތިމާސް ކުރައްވައިފި އެވެ.

ގުރުއާން އަންދައިފިނަމަ، އަލްގައިދާގެ ބާރުގަދަވާނެ: އޮބާމާ

ލިޔުން ޝާއިއުކުރެވުނީ 10 September, 2010

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާ ދިންތާ ނުވަ އަހަރު ފުރުމާ ދިމާކޮށް، އަންނަ ހޮނިހިރު ދުވަހު އެ ގައުމުގެ ކުޑަ ފައްޅިއެއްގައި ކީރިތި ގުރުއާންގެ މުސްހަފުތަކެއް އަންދަން ނިންމާފައި ވާތީ ރައީސް ބަރަކް އޮބާމާ ބުރާސްފަތި ދުވަހު އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ހުސްމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ލިޔުން ޝާއިއުކުރެވުނީ 10 September, 2010

ވެރިކަންކުރާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2010 ގެ ހުސްމަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ލިޔުން ޝާއިއުކުރެވުނީ 10 September, 2010

އަންނަ ހުކުރު ދުވަހަކީ ކުޑަޢީދު ދުވަސް: އިސްލާމިކު މިނިސްޓްރީ

ލިޔުން ޝާއިއުކުރެވުނީ 8 September, 2010

މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އަހަރުގެ ކުޑަ އީދު ދުވަހަކީ، މި ސެޕްޓެމްބަރު މަހުގެ 10 ވާ ހުކުރު ދުވަސް ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ދެންމެ އިއުލާންކޮށްފި އެވެ.

ކުއްލިޚަބަރު: ޑީއާރުޕީ ވެލިދޫ ގޮފީގެ ރައީސް މުޙައްމަދު ޢައްބާސް ބަނގުރާ ފުޅިތަކަކާއެކު ފުލުހުން އަތުލައިގެންފި

ލިޔުން ޝާއިއުކުރެވުނީ 8 September, 2010

17.45: ޑީއާރުޕީ ވެލިދޫ ގޮފީގެ ރައީސް މުޙައްމަދު ޢައްބާސް ރާފުޅިތަކަކާއެކު ދާދި ދެންމެއަކު ފުލުހުން އަތުލައިގެންފިއެވެ. އޭނާ ދަތުރުކުރި ލާންޗް ރަންވެލިން ވެލިދޫއަށް ލެފި ވަގުތު ފުލުހުންގޮސް ޗެކްކުރިއިރު އޭނާ އަޅައިގެންހުރި ބެކުޕެކުން ތިންފުޅިރާ ފެނިފައިވާ ކަމަށް ވީއޯއަށް މައޫލޫމާތު ލިބިފައިވެއެވެ.