ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ޢަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު

    އެވޭލާ ޒަމާނުގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު ދިވެހިރާއްޖެ އަކީ ޢީސާގެފާނުގެ މީލާދީގެ ވެސް މާކުރިން މީހުން ދިރިއުޅެންފަށާފައިވާ ތަނެއް ކަމަށް ބުނެވެއެވެ. ދިވެހިންގެ ދިރިއުޅުމުގެ ފަޚުރުވެރި ދިގުތާރީޚުން ފެންނަންހުރި ޙަޤީޤަތްތަކަށް ބަލާއިރު ދިވެހިރާއްޖޭގައި ޤާނޫނު އަސާސީއެއް ނުވަތަ ދުސްތޫރެއް ލިޔެވިފައި ނެތް ޒަމާން ތަކެއްވެސް  ފާއިތުވެ ގޮސްފައިވާ ކަން މީ ދިވެހިން މިއަދު ދަންނަ ޙަޤީޤަތެކެވެ. ނަމަވެސް އެންމެ އެވޭލާ ޒަމަނުއްސުރެ ވެސް ދިވެހިރާއްޖޭގައި އިންސާނުން ދިރި އުޅެމުން އައިސްފައިވާނީ އެބައިމީހުންގެ ދިރިއުޅުމުގެ ކަންތައް ތައް ހަމަޖެއްސުމަށާއި އެބައިމީހުންގެ މެދުގައި

އިތުރަށް ވިދާޅުވޭ

ނަދުރުބުނުން

ވެލިދޫ މުޙައްމަދު ޙަލީމް ފެށުން ނަދުރަކީ ކަމެއް ވުމުގެ މައްޗަށް ތިމާގެ ނަފްސަށް ވާޖިބު ނޫން ކަމެއް ވާޖިބު ކުރުމެވެ. ނަދުރަކީ ޤުރްއާނާއި ސުންނަތުން ސާބިތު ކަމެކެވެ. ކީރިތި ޤުރްއާނުގައި ނަދުރު ފުއްދާ މީހުނަށް ތަޢުރީފާއި މަދަހަ އައިސްފައިވެއެވެ. ތަޤުވާވެރިންގެ ސިފަ ބަޔާން ކުރައްވައި އެކަލާނގެ ވަހީކުރައްވާފައިވެއެވެ. (يوفون بالنذر ويخافون يوما كان شره مستطيرا) الدهر 7. “އެބައިމީހުން (ހެޔޮލަފާ މީހުން) ނަދުރު ފުއްދައެވެ. އަދި އެދުވަހެއްގެ ނުބައިކަން ބޮޑުވެގެންވާ (ޤިޔާމަތް) ދުވަހަށް ބިރުވެތިވެއެވެ.”

އިތުރަށް ވިދާޅުވޭ

ޤަވާޢިދަކީ ކޮބާ؟

ޤަވާއިދަކީ ވެރިކަންހިންގާ ފަރާތުން ޤާނޫނުގެ ތެރެއިން ކަންތައްކުރާނޭ ގޮތްތައް އިތުރަށް ބަޔާންކޮށްދޭ ޤަވާއިދުތަކެވެ. މިގޮތުން ޤަވާއިދުތަކާއި ޤާނޫނުތަކަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދޭއްޗެވެ. ވަރަށް ގިނަފަހަރަށް އެދޭތި މަސްހުނިވެ އެއީ ޤާނޫނެއްކަން ނުވަތަ ޤަވާޢިދެއްކަން އޮޅުން ފިލުވަން ދަތިވާ ވަރަށް ޤާނޫނާއި ޤަވާޢިދުގެ ގުޅުން ބޮޑެވެ. މިހެންވާންޖެހެނީ ޤާނޫނަކީ ސަރުކާރާއި ދައުލަތުން ކަންތައްތައް ބިނާކުރެވޭގޮތް ބަޔާންކުރާ އެއްޗަކަށްވެފައި، ޤަވާޢިދުތަކަކީ ޤާނޫނުތަކުގެ ތަފްސީރުކަމަށް ވާތީއެވެ.

އިތުރަށް ވިދާޅުވޭ

އިއްދައިން ކެނޑުން

އިއްދައިން ކެނޑުމަކީ އަންހެނުން އުމުރުން ދުވަސްވުމުގެ ސަބަބުން މައްސަރު ކަންތައް ޖެހުން ހުއްޓި، އަންހެނާގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލިގެން ދިއުމެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ބައެއް އަންހެނުން އިއްދައިން ކެނޑުމަކީ އެމީހެއްގެ އަންހެންވަންތަކަން ގެއްލިގެން ދިއުން ކަމުގައި ސިފަކުރެއެވެ.

އިތުރަށް ވިދާޅުވޭ

ރަތްކުލައިގެ ފިނިފެންމަލަކުން އަހަންނަށް މަރުހަބާކީ އެޗް .އައި. ވީއެވެ

މިވާހަކަޔަކީ އެއިޑްސްގެ ޝިކާރަޔަކަށްވެފައިވާ ކުއްޖެއްގެ ދުލުންކިޔައިދީފައިވާ ހަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ ލިޔުމެކެވެ. މިހާރުމިކުއްޖާވަނީ މިދުނިޔޭގެ ހަޔާތާއި ޢަލްވަދާޢު ކިޔާފައެވެ. އެއީމީގެ ފަސްވަރަކަށް އަހަރުކުރިއެވެ. އަހަރެންގެ ހަޔާތުގެ އެންމެޒުވާންދުވަސް ވަރެވެ. މަދަރުސީ ހަޔާތްނިއްމާލުމަށްފަހު އަހަރެން އެންމެގަޔާވި މަސައްކަތުގެ ދާއިރާއިން ވަރަށް ރަނގަޅުވަޒީފާއެއް އަހަރެންހޯދީމެވެ. ރިސޯޓެއްގެ ވާރޓަރ ސްޕޯރޓް ސްކޫލްގެ ވަޒީފާއެކެވެ

އިތުރަށް ވިދާޅުވޭ
1 2 3 4 5 18