ގުޅޭ ލިޔުންތަށް ‘ރިޕޯރޓް’ ކެޓެގެރީ

ރައްޔިތުންނަށް ފިލުމުގެ ރެކޯޑް އޮތީ ޑރ.ވަޙީދު އަތުގައި

ލިޔުން ޝާއިއުކުރެވުނީ 14 April, 2010

‘ފިލިވަހީދު’ އަނެއްކާ ނުފިލާނެބާ؟ ވެލިދޫ މުޙައްމަދު ޙަލީމް ‘ވަހީދު ކަމް އެން ވަޙީދު ގޯ…. ވަހީދު ކަމް ފްރަމް ‘އަފްޣާނޯ’ މިއީ އަޅުގަނޑުމެންގެ ތެރޭގައި އެއްދުވަސްވަރެއްގައި ވަރަށް ވައިގައި ހިފި ލަވައެކެވެ. މިލަވަ މަޝްހޫރުވެ، ވައިގައި ހިފީ 2005 ވަނަ އަހަރު ބޭއްވުނު މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމް.ޑީ.ޕީ) ގެ ފުރަތަމަ ކޮންގެރެސްގެ ފަހުންނެވެ. އެއީ، ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި އދ. ގައި ހުންނެވި ވަޒީފާއިން އިސްތިއުފާ ދެއްވައި ރާއްޖެވަޑައިގަތްކަމަށް ވިދާޅުވި ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކު އެމް.ޑީ.ޕީގެ [...]

މައުމޫނުގެ ނިންމެވުން: ތާރީޚީ ޙަޤީޤަތަކަށްވާނެބާ؟

ލިޔުން ޝާއިއުކުރެވުނީ 27 March, 2010

ވެލިދޫ މުޙައްމަދު ޙަލީމް މައުމޫނު ޢަބްދުލްޤައްޔޫމަކީ ރާއްޖޭގެ ތާރީޚުގެ ވަރަށްގިނަ “ޚާއްޞިއްޔަތު” ލިބިވަޑައިގެންވާ ބޭފުޅެކެވެ. ރައީސް މައުމޫނުގެ ވެރިކަން ފެއްޓެވީވެސް ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެރޭ މެންދަމު ރައީސްކަމުގެ ހުވާކުރެއްވީ “ފުލްގިޔަރ” ގައި ފިސްތޯލަ އަޅުއްވައިގެން ހުންނަވައެވެ.ފުރިހަމަ ޖެނަރަލެއްގެ ގޮތުގައެވެ.

ނޯދަން ޔުޓިލިޓީ ކުންފުނީގެ އިންޖީނުގެތަކުން ނަގާ ފީ އެއްހަމަ ކުރުމުގެ ޕްރޮގްރާމަކީ ކަރަންޓް އަގުބޮޑު ކުރުމަށް ކުރާ މަސައްކަތެއް ނޫންބާ؟

ލިޔުން ޝާއިއުކުރެވުނީ 11 February, 2010

އުތުރު ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނި، ނޯދަން ޔުޓިލިޓީގެ ދަށުން ހިންގަމުންގެންދާ ހުރިހާ އިންޖީނުގެއަކުން ސަރުކާރުގެ އޮފީސްތަކުގެ ކަރަންޓް ޔުނިޓަކަށް ނަގާއަގު އެއް އުސޫލަކަށް ބަދަލުކޮށްފިކަމުގެ މައުލޫމާތު މީޑިއާއަށް ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި އެއްޗަކުން ޝައްކު އުފެދެން ފަށައިފިއެވެ

ރާއްޖެއަށް ފެނުނު އިރުކޭތަ ފިޒިކްސްއާމެދު ޤަބޫލުކުރެވޭ އެތައްކަމެއް ބަދަލުކޮށްފާނެކަމަށް ސައިންސްވެރިން ބުނެފި

ލިޔުން ޝާއިއުކުރެވުނީ 19 January, 2010

ރާއްޖެއަށް ފެނުނު އާދަޔާ ޚިލާފު ރީތި އިރުކޭތަ ބަލާލުމަށް ދުނިޔޭގެ ކަންކޮޅުތަކުން ނުޖޫމީ ޢިލްމުވެރީންނާއި ފިޒިސިސްޓުންވަނީ އެއްވެފައެވެ. މިޒާތުގެ މިފަދަ އިރުކޭތައެއް ދެން ފެންނާނޭކަމަށް ލަފާކުރެވެނީ ހާހަކަށްއަހަރު ފަހުންކަމަށް ބުނެވޭރިއރު، ވަރަށް މަދުންނޫނީނުފެންނަ އިރުކޭތައިގެ މިޢަޖައިބުކުރުވަނިވި މަންޒަރު ބަލާލުމުގެ ފުރުސަތު ލިބި ޢާންމުން ހިތްހަމަޖައްސަމުން ދިޔައިރު ސައިސްވެރިންދިޔައީ ގްރެވިޓީގެ ޤާނޫނުތައްކަމަށް ސައިންސުގައި ބަޔާންވެފައިހުރި ޤާނޫނުތައް އަލުން މުރާޖަޢާކޮށް ލިޔަމުންނެވެ

އަނިޔާގެ ވާހަކަ ދެއްކުމަކީ ބަދަލު ހިފުމެއް ނޫނެވެ. އެއަނިޔާ ތަކުރާރުވިޔަ ނުދިނުމެވެ

ލިޔުން ޝާއިއުކުރެވުނީ 17 January, 2010

ވެލިދޫ މުޙައްމަދު ޙަލީމް ދިވެހިރައްޔިތުންނަކީ އެތެރެއާއި ބޭރުގެ އަޅުވެތިކަމުގެ ދަށުގައި އެތައްޒަމާނެއް ވަންދެން “ފުނޑެމުން” “ހިމުންވަމުން” ދިޔަބަޔެކެވެ. އެތަކެއް ހަގުރާމަވެރި ލަޝްކަރު އެތަކެއް ފަހަރު މިރާއްޖޭގެ ރައްޔިތުންނާއި ތޮޅެން އައެވެ. ރައްޔިތުންނާއި ތޮޅުނެވެ. ދިވެހިންގެ ތެރެއިން އެތަކެއްބަޔަކު މެރިއެވެ. އެތައްބައެއްގެ އިއްފަތްެ ނަގާލިއެވެ.

މެޖޯރިޓީ އޮތީ ތިމަންނާމެން އަތުގައޭ ބުނާއިރު ވިސްނާލަންޖެހޭ

ލިޔުން ޝާއިއުކުރެވުނީ 29 December, 2009

ރައްޔިތުންގެ މަޖިލީހުގައި ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު ފެންނަމުން މިދަނީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން ހިތުހުރިގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރެވެ. މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެންބަރުންގެ ޚިޔާލާއި ފިކުރަށް އެއްވެސް އިޙްތިރާމް ކުރުމެއްނެތިއެވެ. ޑީއާރްޕީން މިގޮތަށް އަމަލުކުރުމުގައި އެންމެ ގިނައިން ބުނާބަހަކީ “ޑިމޮކްރަސީ އަކީ އަޣުލަބިއްޔަތަށް ތާއީދުކުރުން ކަމަށާއި އަޣުލަބިއްޔަތު އޮތީ ތިމަންނާމެންގެ އަތުގައި” ކަމަށެވެ

ސުނާމީ ކާރިޘާއަށް 5 އަހަރު ފުރުނުއިރު އެހިތާމަވެރި ހަނދާންތަކާއި ދުރަށްނުދެވި އެތައްބަޔަކު އަދިވެސް އެގޮތުގައި

ލިޔުން ޝާއިއުކުރެވުނީ 26 December, 2009

ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަމެރި ކާރިޘާކަމަށްވާ ސުނާމީ ކާރިޘާއަށް މިއަދު ފަސްއަހަރު ފުރުނުއިރު، އެކާރިޘާގައި ގެދޮރު ގެއްލުމުގެ ސަބަބުން، ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ 1600 މީހުން އަދިވެސް އެބަތިބިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރައްވައެވެ.

ވަޒީރުންގެ މަޖިލީހުގެ 77 އަހަރުގެ ތާރީޚްގައި އާދަޔާ ޚިލާފް ‘އިއްތިފާގު’ ތަކެއް

ލިޔުން ޝާއިއުކުރެވުނީ 23 December, 2009

އެންމެ ޢިލްމީ ކެބިނެޓް އެކުލަވައިލެއްވީ ރައީސް ނަޝީދު ކެބިނެޓްގައި އާއިލީ ބޭފުޅުން އެންމެ ގިނައިން ގެންގުޅުއްވީ މައުމޫން ރާއްޖޭގެ ތާރީޚަށް ބަލާއިރު ވަޒީރުންގެ ތާރީޚަކީ ކިތަންމެ ދޮށީ ތާރީޚެއް ނަމަވެސް ވުޒާރާގެ ތާރީޚާއި ވަޒީރުންގެ މަޖިލީހުގެ ތާރީޚަކީ މާފަހުގެ ތާރީޚެކެވެ. ރާއްޖެ ހިޖުރައިން 548 ވަނައަހަރު މީލާދީސަނަތުން 1153 ގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ޒަމާންތަކުގައިވެސް ވަޒީރުން ދިވެހި ޤައުމުގައި ތިއްބެވިކަން ދިވެހި ތާރީޚު ހެކިދެއެވެ.

ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގާ ޕާޓީއެއްވެސް އަދި އިދިކޮޅު ޕާޓީއެއްވެސް ނުއޮންނާނެ

ލިޔުން ޝާއިއުކުރެވުނީ 15 December, 2009

މަޖިލީހުގައި ހުންނަވާނީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރ ވެލިދޫ މުޙައްމަދު ޙަލީމް ބަރުލަމާނީ ނިޒާމާއި ޚިލާފަށް ރިޔާސީ ނިޒާމުގައި ވެރިކަން ހިންގަނީ ޕާޓީއަކުންނޫނެވެ. ޕާޓީތަކުގެ ނުވަތަ މިނިވަން ކެނޑިޑޭޓުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އައްޔަން ކުރުމަށްފަހު، އެމީހަކީ ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭތުކަމަށްވިޔަސް އެއުފެދެނީ ޕާޓީ ސަރުކާރެއްނޫނެވެ.