ހުސްއަލި ނެޓްބޯޅަ ޓޯނަމެންޓްގެ ޗެމްޕިއަން ކަން މިސްޓްރިކަށް

ެވެލިދޫ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ ( ވީޑްސް ) އިން އިންތިޒާމްކޮށްގެން ބޭއްވި ހުސްއަލި ވެލިދޫ ނެޓްބޯޅަ މުބާތް 2011 ގެ ޗެމްޕިޔަންކަން މިސްޓްރިކް ހޯދައިފިއެވެމިސްޓްރިކް އިން ޗެމްޕިޔަންކަން މިހޯދީ ، މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު ވީ.ވައި.ސީ ރަނި އާއި ބައްދަލްކުރި މެޗް 48- 20 އިން ކާމިޔާބު ކޮށްގެންނެވެ. ޖުމްލަ 6 ޓީމެއް ވާދަކުރި މިމުބާރާތުގެ ފައިނަލަށް މިސްޓްރިކް ގޮސްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއަދު ކުޅުނު ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްޓްރިކް ގެ ފާތިމަތު ރިޒްވީން އެވެ.

އިތުރަށް ވިދާޅުވޭ

ހުސްއަލިި ނެޓްބޯޅަ ޓޯނަމެންޓްގެ ޚާއްޞަ މެޗެއް މިއަދު ކުޅެވިއްޖެ

ހުސްއަލި ނެޓްބޯޅަ ޓޯނަމެންޓް އިންތިޒާމްކުރާ ފަރާތްތަކުގެ ޓީމަކާއި ޓޯނަމެންޓަގައި ބައިވެރިވި ކްލަބު ތަކުގެ މެދުން ނެގުނު ޓީމަކާއި ދެމެދު ކުޅެވުނު މެޗް ގެ ނަތީޖާއަކީ 14 ޕޮޓް އޮފިޝަލުންގެޓީމް އަދި ކްލަބު ތަކުގެ ޓީމް 27 ޕޮޓުން ކާމިޔާބުކުރުން މި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ކްލަބުތަކުގެ ޓީމުގެ އަބޫ އެވެ

އިތުރަށް ވިދާޅުވޭ

ހުސްއަލި ވެލިދޫ ނެޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅޭނީ މިސްޓްރިކް އަދި ރަނި

ހުސްއަލި ވެލިދޫ ނެޓްބޯޅަ މުބާރާތް 2011 ގެ ފައިނަލަށް ވީ.ވައި.ސީ ރަނި ހިނގައްޖެއެވެ. ވީ.ވައި.ސީ ރަނި ފައިނަލަށް މި ދިޔައީ މިއަދު ހަވީރު ހިއާލީސްޕޯޓްސް ކުލަބާއި ބައްދަލްކުރިމެޗް 38 – 19 އިން ކާމިޔާބު ކޮށްގެންނެވެ. މިސްޓްރިކް ފައިނަލުން ޖާގަ ހޯދާފައިވަނީ އިއްޔެ ކުޅެވުނު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި 62 – 05 އިން ފްރެންޑްސް ބަލިކޮށްގެންނެވެ. މިއަދުގެ މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ވީ.ވައި.ސީ ރަނި ގެ   GK   އާއިޝަތު އައްބާސް އެވެ. ވެލިދޫ ބޮޑުނިކަގަސް ސަރަހައްދުގައިއޮންނަ ޓާފް ކޯޓުގައި ކުރިޔަށްދާ މި

އިތުރަށް ވިދާޅުވޭ

ވެލިދޫ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (ވީޑްސް) ގެ ހުސްއަލި ނެޓްބޯލް ޓޯނަމެންޓް ގެ ތެރެއިން؛

28 ސެޕްޓެމްބަރ 2011 މިއަދު ބައްދަލުކުރި  ފްރެންޑްސް ޓީމާއި މިސްޓްރިކް މެޗްގެ ނަތީޖާ އަކީ  ފްރެންޑްސް 05 މިސްޓްރިކް 62 ޕޮޓް މި މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ މިސްޓްރިކްގެ GD ލިޔުޝާ އީސާ. މި ނަތީޖާ އާއެކު މިސްޓްރިކް ވަނީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައި. މާދަމާ މެޗްގައި ބައްދަލުކުރާނީ ވީ.ވައި.ސީ ރަނި ޓީމާއި ހިއާލީ ސްޕޯޓްސް ގެ ޓީމް މެޗް ފެށޭގަޑިއަކީ 4:15

އިތުރަށް ވިދާޅުވޭ

ވެލިދޫ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (ވީޑްސް) ގެ ހުސްއަލި ނެޓްބޯލް ޓޯނަމެންޓް ގެ ތެރެއިން؛

25 ސެޕްޓެމްބަރ 2011 ހަވީރު ކުޅެވުނު މެޗްގައި ބައްދަލުކުރި މިސްޓްރިކްސްޕޯޓްސް ކްލަބުގެ “މިސްޓްރިކް” ޓީމާއި ކްލަބް ވެލިދޫޔޫތުކްލަބް ވީ.ވައި.ސީ ރަނި ޓީމުގެ ނަތީޖާއަކީ 46 މިސްޓްރިކް ވީ.ވައި.ސީ. ރަނި 15 ޕޮޓުން މިސްޓްރިކް ކާމިޔާބުކުރުން.މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މިސްޓްރިކް ގެ GA ފާތިމަތު ރިޒްވީން. މާދަމާ ހަވީރު ބައްދަލުކުރާނީ ކްލަބް ވެލިދޫ ފްރެންޑްސް ގެ ފްރެންޑްސް ޓީމާއި ހިއާލީ ސްޕޯޓްސް މާދަމާ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައި.

އިތުރަށް ވިދާޅުވޭ
1 2 3 4 9