ވެލިދޫ ދޮންޢަލި މުޙައްމަދު – ޑިމޮކްރަސީގެ ބަޠަލެއް

ވެލިދޫ މުޙައްމަދު ޙަލީމް ރައީސް މައުމޫނުގެ ވެރިކަމުގެ ދިގުތާރީޚުގައި ރައްޔިތުންދޭ ވޯޓްގެ ޞައްޙަކަމާމެދު އަބަދުވެސް ރައްޔިތުންއައީ ސުވާލު އުފައްދަމުންނެވެ. ރައީސް މައުމޫނު ވެރިކަމުގައި ހުންނަށް ނުފެންނަކަމަށްބުނެ، ރަސްގެޖަހައި، ރަށުގެ ވޯޓު ފޮއްޓަށްވައްޓާލާ ވޯޓަށް ވާގޮތެއްނޭނގެއެވެ. ނަތީޖާ އިޢުލާންކުރެވޭއިރު ރަށުގެ ވޯޓް ފޮށީގެ ނަތީޖާ ހަމަ ސައްތައިން ސައްތަ ރައީސް މައުމޫނަށް ތާއީދުކުރާ ކަމަށްވެއެވެ

Read more

ކިތައްމެ ރުޅިއަޔަސް ސަރުބަތެއް ނުލިބޭނެ

ވެލިދޫ މުޙައްމަދު ޙަލީމް ސަރުކާރުވައްޓާލުމުގެ ވާހަކައަކީ އާވަހަކައެއް ނޫނެވެ. އިދިކޮޅުމީހުންނާއި ދެކޮޅުވެރި މީހުން އަބަދުވެސް ބޭނުންވާނީ ސަރުކާރުވެއްޓުމަށެވެ. އެމީހުންގެ މުޅިއިންތިޒާރަކީވެސް އާއިންތިޚާބުގެ ތާރީޚެވެ. ނަމަވެސް ޢަސްކަރީން ހަތިޔާރު ހިފައިގެން ނިކުމެ ޑިކޮކްރެޓިވް ސަރުކާރެއް ވައްޓާލުމަށް ގޮވާލި ފުރަތަމަ ބަޔަކަށްވެސް މިވީ ދިވެހިންގެ ތެރެއިން ބަޔެކެވެ. ދަނެއު، އެއްމުސްލިމެއްގެ ލޭ އަނެއްމުސްލިކަމު ހިފުން ހަރާމްކަން އެމީހުންނަށް ނޭގެނީވެސް ތޯއްޗެކެވެ

Read more

ޑރ ވަޙީދުގެ ދެހައިސިއްޔަތު: ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވީ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރުތަ؟ ނުވަތަ ދިވެހިޖުމްހޫރިއްޔާގެ ނާއިބުރައީސްތަ؟

ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރުގެ ނަން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓްގައި ނަންގަނެވުމަކީ ގޯހެއް ވެލިދޫ މުޙައްމަދު ޙަލީމް ހައިސިއްޔަތު ބަދަލުވުމަކީ ދިވެހީންނަށް އާކަމެއް ނޫނެވެ. ޒައީމު މައުމޫނާއި ރައީސް މައުމޫނުވެސް އަޅުގނަޑުމެން ދުށީމެވެ. މިއަދުވެސް ތަކުރާރުވަމުން މިދަނީ މިޒާތުގެ ކަމެކެވެ. ނާއިބްރައީސް ޑޮކްޓަރ ވަހީދާއި ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރ ޑޮކްޓަރ ވަހީދެވެ

Read more

ޑީ.އާރު.ޕީ އިހުގެ އާދަ ތަކުރާރު ނުކުރާށެވެ

ް ވެލިދޫ މުޙައްމަދު ޙަލީމް ކުރީގެ ރައީސް މައުމޫނަކީ އޭނާއާ ޚިޔާލު ތަފާތުވާ މީހުންނަށް ލައްކަގިނަ އުދަގޫތަކާ ތުރާތައް ޖައްސާފައިވާ މީހެކެވެ. އަދި މިގޮތުން ބައެއްމީހުން ސިޔާސީ ކުށްވެރިންނަށް ހަދައި، އެމީހުން ޖަލުގައި ހައްޔަރުކޮށް އަނިޔާކޮށް ތަފާތު ލާއިންސާނީ އަދަބުތައް ދީފައިވާ މީހެކެވެ. ތަފާތުއެތައް އަހުވައެއް ދައްކާފައިވާ މީހެކެވެ. އަދި އެހެންމެ މައުމޫނު ވިދާޅުވާ ގޮތަށް ކަންނުކުރާ ކަތީބުންނަށާއި ކަމުވޮށިގެންވާ މީހުންނަށްވެސް ތަފާތު އެކި ސިފަސިފައިގައި މައުމޫނު އަނިޔާވެރިވެފައިވާކަން ދިވެހި ތާރީޚު ހެކިދެއެވެ

Read more

ވެލިދޫގައި “ޖާރިޔާ” އެއް

ސުރުޚީ ފެނުމުން ގިނަބަޔަކު ވަރަށް ޝައުގުވެރިވެދާނެއެވެ. އަދި ސީރިއަސްވެސް ވެދާނެ އެވެ. ސަބަބަކީ ޖާރިޔާ ގެންގުޅޭ ވާހަކައަކީ ހަގީގަތެއް ކަމަށާއި ޖާރިއާ އެއްގެ ގޮތުގައި ދެމަފިރިއަކު ގެންގުޅުނު 18 ނުފުރޭ އަންހެން ކުއްޖާ މިހާރު އިނީ ބަލިވެ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން އިއްޔެ ވަނީ ހާމަކުރައްވާފައެވެ

Read more
1 2 3 4 5