ގުޅޭ ލިޔުންތަށް ‘އަތޮޅު ތެރެއިން’ ކެޓެގެރީ

ސާނަވީ އިމްތިހާނުން މުޅިރާއްޖެއިން ދެވަނަ ނ.އަތޮޅު މަދަރުސާގެ ދަރިވަރަކު ހޯދައިފި

ލިޔުން ޝާއިއުކުރެވުނީ 23 April, 2010

- ނ.އަތޮޅުގެ ބާރަ ކުއްޖަކު ސާނަވީ އިމްތިހާނުގެ ގަދަ ދިހަ ވަނައިގެ ތެރޭގައި ހިމެނިފައިވޭ . 2009 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމް ނިންމާ އިމްތިހާންތަކުން މުޅި ރާއްޖެއިން ދެވަނަ ނ. އަތޮޅު މަދަރުސާގެ ދަރިވަރެއް ކަމުގައިވާ ނ. މަނަދޫ އައްސޭރި  ލުބުނާ ޙަމީދު ހޯދައިފިއެވެ.

އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ހަތަރު ޖަނަރޭޓަރު ގެނައުމަށް ނޯތު ޔުޓިލިޓީޒުން ނިންމައިފި

ލިޔުން ޝާއިއުކުރެވުނީ 22 April, 2010

އުތުރު ޕްރޮވިންސް ޔުޓްލިޓީސް ކުންފުނިން (ނޯތު ޔުޓިލިޓީޒް) އެ ކުންފުނީގެ ދަށުގައިވާ އިންޖީނުގެތަކުގައި އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ހަތަރު ޖަނަރޭޓަރު ގެނައުމަށް ނިންމައިފިއެވެ.

މާފަރުން ފުރައިގެން މާލެއަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި، ދެމީހަކު މަރުވެއްޖެ

ލިޔުން ޝާއިއުކުރެވުނީ 21 April, 2010

ނ.އަތޮޅު މާފަރުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ނ.މަނަދޫ އާއި މާފަރާ ދޭތެރޭ އޮތް ތިލައަކަށް އަރައި ބަންޑުން ޖަހައިލި ހާދިސާގައި ދެމީހަކު މަރުވެއްޖެއެވެ. މިހާދިސާގައި ބަންޑުން ޖަހައިލީ އާރު.ކޭ.އެލްގެ 80 ޓަނުގެ ކޮޅުވެއްޓި ”މީގޮނު ” (C 6606 A-03 T-10) އެވެ.

ނޯދަން ޔުޓިލިޓީޒްގެ 6 އިންޖީނުގެއެއް އިންޝުއަރ ކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފި

ލިޔުން ޝާއިއުކުރެވުނީ 20 April, 2010

ނޯދަން ޔުޓިލިޓީޒް ކުންފުނީގެ ފަރާތުން ހިންގަމުން އަންނަ 6 އިންޖީނުގެއެއް އިންޝުއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. އެކުންފުނީގެ ފަރާތުން ކުރި 2010/11 ނަންބަރު އިއުލާން ބާތިލްކޮށް ދެވަނަފަހަރަށް އިއުލާންކުރީ އަގު ހުށަހެޅުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތައް މަދުކަމުންނެވެ.

ނ.އަތޮޅުގެ އެއްރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ އިންޖީނުގެ ޔުޓިލިޓީސް ކުންފުނީގެ ދަށަށް ގެންދަނީ

ލިޔުން ޝާއިއުކުރެވުނީ 17 April, 2010

ނ.އަތޮޅުގެ އެއްރަށެއްގެ އިންޖީނުގެ ފިޔަވާ އެހެން ހުރިހާ ރަށެއްގެ އިންޖީނުގެތައް އުތުރު ޕްރޮވިންސް ޔުޓިލިޓީސް ކުންފުނީގެ ދަށަށް ގެންދިއުމަށް ރަށްރަށުން އެއްބަސް ވެފައިވާކަމަށް އުތުރު ޕްރޮވިންސް ޔުޓްލިޓީސް ކުންފުނިން ހާމަކޮށްފި އެވެ.

އުތުރު ޕްރޮވިންސްގެ މަސްވެރިންނަށް އަމާޒުކޮށްގެން ކަނޑުމަތީގެ ސަލާމަތާގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފަށައިފި

ލިޔުން ޝާއިއުކުރެވުނީ 15 April, 2010

އެމްއެންޑީއެފް ނޮދަން އޭރިއާގެ ފަރާތުން އުތުރު ޕްރޮވިންސްގެ މަސްވެރިންނަށް އަމާޒުކޮށްގެން ކަނޑުމަތީގެ ސަލާމަތާގުޅޭ ހެލުންތެރިކަމުގެ ޕްރޮގްރާމްއެއް ފަށައިފިއެވެ.

މާފަރުގައި އެއާޕޯޓް އެޅުމަށް ކަނޑައަޅައިފައިވާ ބިމުގައިވާ ބަންޑާރަ ރުއްތަކުން ރައްޔިތުންނަށް ބަދަލުނުދީ ކާށި ވިއްކަމުންދާ ކަމަށް ބުނެ ޝަކުވާކުރަން ފަށައިފި

ލިޔުން ޝާއިއުކުރެވުނީ 8 April, 2010

ނ.މާފަރުގައި އެއާޕޯޓް އެޅުމަށް ކަނޑައަޅައިފައިވާ ބިމުގައިވާ ރުއްގަނޑުގެ ސަރަހައްދު ބަންދުކޮށްގެން އެ ރުއްގަނޑުގެ ބަދަލު ރައްޔިތުންނަށް ނުދީ އެތަނުން ހޮވާ ކާށި ރައްޔިތުންނަށް ވިއްކަމުންދާ ކަމަށް ބުނެ އެ ރަށުގެ ބައެއް މީހުން ޝަކުވާކުރަން ފަށައިފި އެވެ.

ނޮދަން ޔުޓިލިޓީސްގެ ފަރާތުން ނ.އަތޮޅުގައި ޚާއްސަ ޕްރޮގްރާމެއް ހިންގައިފި

ލިޔުން ޝާއިއުކުރެވުނީ 5 April, 2010

ނޮދަން ޔުޓިލިޓީސް ލިމިޓެޑްގެ ފަރާތުން އުތުރު ޕްރޮވިންސްގައި ހިމެނޭ ރަށްތަކުގައި ކަރަންޓާއި ބޯފެނާއި ނަރުދަމާ އާއި އަދި އެހެނިހެން އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދެނެގަނެ އެ ރަށްރަށުގެ ރައްޔިތުންނަށް ޔުޓިލިޓީސް ކުންފުނިން ދެމުންދާ ޚިދުމަތްތަކުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން މިފަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ނ.އަތޮޅަށް އަމާޒުކޮށެވެ.

ދިވެހި ރެޑްކްރެސެންޓްގެ ޔުނިޓެއް ހޮޅުދޫގައި އުފެއްދުމުގެ މަސައްކަތް ފަށައިފި

ލިޔުން ޝާއިއުކުރެވުނީ 24 March, 2010

ދިވެހި ރެޑްކްރެސެންޓުން ނ.ހޮޅުދޫގައި ދިވެހި ރެޑް ކުރެސެންޓްގެ ޔުނިޓެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ. މިކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވި ދިވެހި ރެޑް ކުރެސެންޓްގެ އޮފިޝަލް ވިދާޅުވީ ހޮޅުދޫގައި މިހާރު ކުރިއަށްދަނީ ޔުނިޓެއް ގާއިމް ކުރުމަށްބޭނުންވާ މެންބަރުން ހޯދުމުގެ މަސައްކަތް ކަމަށެވެ.