ޤަވާޢިދަކީ ކޮބާ؟

ޤަވާއިދަކީ ވެރިކަންހިންގާ ފަރާތުން ޤާނޫނުގެ ތެރެއިން ކަންތައްކުރާނޭ ގޮތްތައް އިތުރަށް ބަޔާންކޮށްދޭ ޤަވާއިދުތަކެވެ. މިގޮތުން ޤަވާއިދުތަކާއި ޤާނޫނުތަކަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދޭއްޗެވެ. ވަރަށް ގިނަފަހަރަށް އެދޭތި މަސްހުނިވެ އެއީ ޤާނޫނެއްކަން ނުވަތަ ޤަވާޢިދެއްކަން އޮޅުން ފިލުވަން ދަތިވާ ވަރަށް ޤާނޫނާއި ޤަވާޢިދުގެ ގުޅުން ބޮޑެވެ. މިހެންވާންޖެހެނީ ޤާނޫނަކީ ސަރުކާރާއި ދައުލަތުން ކަންތައްތައް ބިނާކުރެވޭގޮތް ބަޔާންކުރާ އެއްޗަކަށްވެފައި، ޤަވާޢިދުތަކަކީ ޤާނޫނުތަކުގެ ތަފްސީރުކަމަށް ވާތީއެވެ.

Read more

އިއްދައިން ކެނޑުން

އިއްދައިން ކެނޑުމަކީ އަންހެނުން އުމުރުން ދުވަސްވުމުގެ ސަބަބުން މައްސަރު ކަންތައް ޖެހުން ހުއްޓި، އަންހެނާގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލިގެން ދިއުމެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ބައެއް އަންހެނުން އިއްދައިން ކެނޑުމަކީ އެމީހެއްގެ އަންހެންވަންތަކަން ގެއްލިގެން ދިއުން ކަމުގައި ސިފަކުރެއެވެ.

Read more

ވަތަނިއްޔާ ގެ ތްރީ ޖީ ގެ ޚިދުމަތް ވެލިދޫގައި ދޭން ފަށައިފި

ދިވެހިރާއްޖޭގައި ދެވަނައަށް މުއާސަލާތީ ޚިދުމަތްދޭ ދެވަނަކުންފުނި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން މިއަދު ނ. ވެލިދޫ އަށް3 ޖީ ގެ ޚިދުމަތް ދޭންފަށައިފިއެވެ. 3 ޖީގެ ޚިދުމަތަކީ މޮބައިލް ފޯނު މެދުވެރިކޮށް ހައިސްޕީޑް އިންޓަރނެޓާއި ވީޑިއޯކޯލް ކުރުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެ ޚިދުމަތެކެވެ.އަދި މޮބައިލް ބްރޯޑްބޭން އިންޓަރނެޓް މޮޑެމް ބޭނުންކުރައްވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު އިންޓަރނެޓް ބޭނުންކުރެއްވޭނެ ޚިދުމަތެކެވެ.ނ. އަތޮޅުގެ ބައެއް ރިސޯޓްތަކާއި ރަށްތަކުގައި 3ޖީ ގެ ޚިދުލަތް ވަނީ ދޭންފަށާފައެވެ.

Read more

ދިވެހި ޝަހީދުންގެ ހަނދާން އަބަދުވެސް ދިރިދިރި

– އަލިރަސްގެފާނުގެ އިތުރުން ޝަހީދުންގެ އެތައް ބަތަލުންނެއް ތާރީޚު ދައްކާފައިވޭ ނަސީމާ މުޙައްމަދު   “އަލުން އައި މިޢީދާ ގުޅޭނޭ ގޮތުން، މަލުންމާ ގަތައިދޭށެ މިނިވަން އަތުން، ކަމުން އިސްވެދިޔަ ދެއްކެވިޔެ އާޔަތުން، އަލުންވީޔެ ހުރި މާނަތައް ދަސްކުރާން. ނަޒަރު ހިންގަމާތޯއެ ދުވަހަށް އެއައި، ޤަދަރު ހުރި ޝަހީދުންގެ ނަންތައް ކިޔައި އަސަރު ދިރުވަމާތޯއެ އަދު އެންމެހައި، ޚަބަރު އައްސަވާށޭ ކުރައްވައި ހަނދާން.”

Read more

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމް ކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި މަތީ ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޞިފާ މުޙައްމަދު، މަތީ ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުން،

Read more
1 2 3 4 5 7