ސަމްސަންގު ގެލެކްސީ އާއި އައިފޯންއާ ހުރި ތަފާތަކީ ކޮބާ؟

މިހާރު ދުނިޔޭގެ މޮބައިލް ބޭނުންކުރާ މީހުންގެ ނިސްބަތައް ބަލާއިރު ސަމްސަންގު ވަނީ އެޕަލްގެ މައްޗަށް ކުރިއެރުންތަކެއް ހޯދާފަ.އެންމެ ފަހުން ސަމްސަންގުން ތައާރަފުކުރި ގެލެކްސީ އެސް ތުރީ އަކީ މިހާތަނަށް ނެރުނު އެންމެ ވަރުގަދަ އެއް ސުމާރޓުފޯނެވެ. އައިފޯންއާއި ގެލެކްސީ އެސްގެ ހުރި އެއްގޮތްކަންތަކަށް ބަލާއިރު ގެލެކްސީ އެސް އަދި އައިފޯން މިދެފޯނަކީވެސް މަލްޓި ޓަޗް ދެފޯނެވެ.އަދި މީގެ އިތުރުން ކެމެރާއަށް ބަލާއިރު 8 މެގަޕިކްސަލްގެ ކެމެރާއެއް މި ދެފޯނުގަ ވެސް ހުރެއެވެ.އަދި ވީޑިއޯ ރެކޯޑިންގް ކޮލެޓީ ދެފޯންގަވެސް ހުންނީ އެއްވަރަކައް.އިތުރު ކެމެރާ ފީޗާސްތަކަށް ބަލާއިރު

އިތުރަށް ވިދާޅުވޭ

ވާހަކަދެއްކުމުގައި ޕޯލް ގްރައިސްގެ މެކްސީމްތަކަށް ތަބާވާން ޖެހޭ ހެއްޔެވެ؟

ފެށުން މުވާޞަލާތަކީ އެއްބަޔަކު އަނެއްބަޔަކާއި، އެއްމުޖުތަމަޢު އަނެއް މުޖުތަމަޢުއަކާއި، އެއްޤައުމު އަނެއް ޤައުމާއި ގުޅުވައިދޭ ފާލަމެވެ. ވުމާއެކު މިބައިމީހުންގެ މެދުގައި ހިންގޭ މުވާޞަލާތު ކާމިޔާބު ވުމާއި ނުވުން ހިމެނިގެންދަނީ އެބަޔަކު މުވާޞަލާތު ކުރުމުގައި ގެންގުޅޭ ވައްޓަފާޅިއަކުންނެވެ. މިގޮތުން ތިމާގެ ބޭނުންތައް އަނެކާއަށް ބުނެދިނުމުގައާއި ތިމާ އަނެކާގެ ކިބައިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް ހާސިލުކުރެވެނީ ވަކި ގޮތަކަށް ތިމާގެ ވާހަކަތައް ބައްޓަން ކުރެވިގެންނެވެ.

އިތުރަށް ވިދާޅުވޭ

ރައީސް ނަޝީދުގެ މައްސަލަ ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ހުޅުމާލޭ ކޯޓަށް ލިބިގެންނުވޭ.

ކްރިމިނަލް ކޯޓްގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު، 16 ޖެނުއަރީ 2012 ވަނަ ދުވަހު ޤައުމީ ދިފާޢީ ބާރުގެ ދަށަށް ގެންގޮސް ގިރިފުށީގައި ބެހެއްޓި މައްސަލައާއި ގުޅިގެން ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިޔުޓަރ ޖެނަރަލްގެ އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް 2012 ޖުލައި 15 ވަނަ ދުވަހު ހުށައަޅާފައެވެ.

އިތުރަށް ވިދާޅުވޭ

ދިވެހިރާއްޖޭގައި ކޯޕްރޭޓް ގަވަރނަންސް މިހާރު އޮތް ޙާލަތު ދެނެގަތުން

ދިވެހިރާއްޖޭގައި 1930 ގެ އަހަރުތަކުން ފެށިގެން އެކިތަފާތު ނަންނަމުގައި ކުންފުނިތައް ހެދެމުން އައިސްފައިވެއެވެ. ނަމަވެސް މިކުންފުނިތައް ވުޖޫދަށް އައިސްފައިވަނީ އެއްވެސް ޤާނޫނެއްގެ ދަށަކުންނޫނެވެ. އަދި މިކުންފުނިތަކަކީ މިޒަމާނުގައި މިކިޔާ ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކާ އެއްގޮތަށް ހެދުނު ކުންފުނިތަކެއްވެސް ނޫނެވެ.  ދިވެހިރާއްޖޭގައި ކުންފުންޏަކީ ކުންފުނީ ގެ ޙިއްސާދާރުންނާ ވަކިން، ވަކި ޝަޚުޝެއް ކަމުގައި ކަނޑައެޅުމުގެ  ތާރީޚުން އެގެނީ 1988 ގައި އޭރުގެ ރައީސުލް ޖުމުހޫރިއްޔާ ނެރުއްވި ނަމްބަރ: 123/1988 ރިޔާސީ ޤަރާރަކުންނެވެ.  މިޤަރާރަށް ކިޔަނީ “ލިމިޓެޑް ލަޔަބިލަޓީ ކުންފުންޏާ ބެހޭ ރިޔާސީ ޤަރާރު” އެވެ. 

އިތުރަށް ވިދާޅުވޭ

ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ޢަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު

    އެވޭލާ ޒަމާނުގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު ދިވެހިރާއްޖެ އަކީ ޢީސާގެފާނުގެ މީލާދީގެ ވެސް މާކުރިން މީހުން ދިރިއުޅެންފަށާފައިވާ ތަނެއް ކަމަށް ބުނެވެއެވެ. ދިވެހިންގެ ދިރިއުޅުމުގެ ފަޚުރުވެރި ދިގުތާރީޚުން ފެންނަންހުރި ޙަޤީޤަތްތަކަށް ބަލާއިރު ދިވެހިރާއްޖޭގައި ޤާނޫނު އަސާސީއެއް ނުވަތަ ދުސްތޫރެއް ލިޔެވިފައި ނެތް ޒަމާން ތަކެއްވެސް  ފާއިތުވެ ގޮސްފައިވާ ކަން މީ ދިވެހިން މިއަދު ދަންނަ ޙަޤީޤަތެކެވެ. ނަމަވެސް އެންމެ އެވޭލާ ޒަމަނުއްސުރެ ވެސް ދިވެހިރާއްޖޭގައި އިންސާނުން ދިރި އުޅެމުން އައިސްފައިވާނީ އެބައިމީހުންގެ ދިރިއުޅުމުގެ ކަންތައް ތައް ހަމަޖެއްސުމަށާއި އެބައިމީހުންގެ މެދުގައި

އިތުރަށް ވިދާޅުވޭ
1 2 3 4 7