ކުޑަފުނަފަރު ރިޒޯޓްގައި މަސައްކަތްކުރާ އިންޑިޔާގެ ރައްޔިތަކު އިސްލާމް ވެއްޖެ

ނ. އަތޮޅު ކުޑަފުނަފަރު ރިޒޯޓްގައި މަސައްކަތް ކުރަމުން އަންނަ އިންޑިޔާގެ ރައްޔިތެއް އިސްލާމަވެއްޖެއެވެ.  ޢުމުރުން 32 އަހަރުގެ ކްރިސްޓިއަން ދީނުގެ ހަރީ ކްރިޝްނަން މިދިޔަ ހުކުރު ދުވަހު އިސްލާމްވީ ކުޑަފުނަފަރުގައެވެ.

Read more

ދުވަހަކުވެސް ގުރުއާން ނާންދާނެކަމަށް ޓެރީ ޖޯންސް ބުނެފި

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާ ދިންތާ ނުވަ އަހަރު ފުރުމާ ދިމާކޮށް އެ ގައުމުގެ ފައްޅިއަކުން މިއަދު ގުރުއާން އެންދުމަށް ކުރި މަސައްކަތް އެންމެފަހުން ހުއްޓާލައިފި އެވެ. ފްލޮރޮޑާގައި ހުންނަ ކުޑަ ފައްޅިއަކުން ރާވާފައިވާ، ގުރުއާން އެންދުމުގެ ހަރަކާތް ކެންސަލްކޮށްފައި މި ވަނީ އެ މައްސަލާގައި އިސްލާމީ ގައުމުތަކުންނާއި ދީނީ ޖަމާއަތްތަކުގެ އިތުރުން އެމެރިކާގެ ވެރިންގެ ފަރާތުން ވެސް ވަރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވުމަށް ފަހުގަ އެވެ.

Read more

ޤުރުއާން ކިޔެވުމުގެ އަދަބުތައް

ޤުރުއާން ކިޔެވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މުސްލިމަކު އޭނާގެ ޘަވާބުގެ ތިލަފަތް ބަރު ކުރުމުގައި، ބޭނުން ކުރެވިދާނެ އެންމެ މުހިއްމު އެއް ވަސީލަތެވެ. އަދި އެންމެ މާތް އެއް އަޅުކަމެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އިންސާނުންނަށް ހިދާޔަތް ދައްކައިދޭ ފޮތެވެ. އެއިން ކިޔަވާ ކޮންމެ އަކުރަކީ ލިބޭ ދިހަ ޘަވާބު ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފޮތަކީވެސް ހަމަ ޤުރުއާނެވެ.

Read more

ރޯދަ މަހާއި އިސްތިގްބާލު ކުރާނީ ކިހިނެއް؟

މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާއިމެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބަހައްޓަވައެވެ. އަދި އެމައްސަރު އަންނާތީވެ އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވައެވެ. ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވައެވެ.

Read more

ވަކިން ޖަމާޢަތް ހަދައި ވަކިން ހުކުރުކޮށް، ހުއްދަނެތި ތަގްރީރުކޮށް، ޚުޠުބާދީ ހައްދަވަމުންދާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި

ވަކިން ޖަމާޢަތް ހަދައި ވަކިން ހުކުރުކޮށް، ހުއްދަނެތި ތަގްރީރުކޮށް، ޚުޠުބާދީ ހައްދަވަމުންދާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި ބައެއް ރަށްތަކުގައި މުސްލިމުންގެ ޖަމާޢަތާ ވަކިވެގެން، ދައުލަތުގެ އަމުރުވެރިކަމުގެ ދަށުން ބޭރުވެ ވަކިން ޖަމާއަތްހެދުމާއި ހުކުރުކުރުމާއި ޙުޠުބާދިނުމާއި ހުއްދަނެތި ތަގުރީރުކުރުމަކީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކުރާކަމެއްކަމަށެވެ.

Read more
1 2 3 4 5