ނަދުރުބުނުން

ވެލިދޫ މުޙައްމަދު ޙަލީމް ފެށުން ނަދުރަކީ ކަމެއް ވުމުގެ މައްޗަށް ތިމާގެ ނަފްސަށް ވާޖިބު ނޫން ކަމެއް ވާޖިބު ކުރުމެވެ. ނަދުރަކީ ޤުރްއާނާއި ސުންނަތުން ސާބިތު ކަމެކެވެ. ކީރިތި ޤުރްއާނުގައި ނަދުރު ފުއްދާ މީހުނަށް ތަޢުރީފާއި މަދަހަ އައިސްފައިވެއެވެ. ތަޤުވާވެރިންގެ ސިފަ ބަޔާން ކުރައްވައި އެކަލާނގެ ވަހީކުރައްވާފައިވެއެވެ. (يوفون بالنذر ويخافون يوما كان شره مستطيرا) الدهر 7. “އެބައިމީހުން (ހެޔޮލަފާ މީހުން) ނަދުރު ފުއްދައެވެ. އަދި އެދުވަހެއްގެ ނުބައިކަން ބޮޑުވެގެންވާ (ޤިޔާމަތް) ދުވަހަށް ބިރުވެތިވެއެވެ.”

އިތުރަށް ވިދާޅުވޭ

ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އެންމެ ރިވެތި ސިފައަކީ އެހެންމީހުންނަށް އިޙްތިރާމު ކުރުމާއި އަޅާލުމެވެ. އެހެންމީހުންނަށް ހެޔޮގޮތުގައި މުޢާމަލާތްކޮށް، އެމީހުންގެ ލޯތްބާއި އިޙްތިރާމު ލިބިގަތުމެވެ. މިއީ އިސްލާމީ ދައުލަތުގެ ބިންގާ މަދީނާ އެޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކަން ހިނގަމުން އައި ރިވެތި މަގެވެ. މުސްލިމުންގެ އަޚްލާޤެވެ.

އިތުރަށް ވިދާޅުވޭ

އިސްލާމް ދީނަކީ ދީނާއި ދުނިޔެއެވެ

އިސްމާޢީލް ނާޖީ އަމަން އަމާންކަމާއި ހަމަޖެހުމުކީ، އިންސާނުންނަށް ކާނާއާއި ފެނުގެ މުހިއްމުކަމަށް ވުރެ، ވަކި މުހިއްމުކަން ކުޑަ ކަމެއް ނޫނެވެ. ފުރަތަމަ ބުނެވުނު ދެ ކަމާއި ނުލާ އިންސާނާއަށް އޭނާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ފުރިހަމަ ގޮތުގައި ނުކުރެވޭނެއެވެ. އަމާންކަން ގެއްލިއްޖެނަމަ އެ ތަނެއްގައި ދީނަށް އުޅެވޭނެ ގޮތެއް، ދީނަށް ގޮވާލެވޭނެ ގޮތެއް، މޮޅު ޙަޟާރަތެއް، ރީތި ފަންނެއް، ހައިރާން ކުރުވާފަދަ މޮޅެތި ފިކުރުތަކެއް ނު އުފެދޭނެއެވެ.

އިތުރަށް ވިދާޅުވޭ

އިމާމު ޝާފިޢީގެފާނު

. ޢަލީ ނިޝާން އަލްއިމާމު މުޙަންމަދު އިބްނު އިދްރީސް އައްޝާފިޢީ ގެ މަޝްހޫރު ނަންފުޅަކީ “އިމާމު ޝާފުޢީ” އެވެ. ދިވެހިން ކިޔާ ގޮތުންނަމަ ޝާފިޢީގެފާނެވެ. މި ނަންފުޅު ނިސްބަތްވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުުން ތިންވަނަ ކާފާފުޅު ޝާފިޢު އިބްނު ސާއިބުގެފާނަށެވެ.

އިތުރަށް ވިދާޅުވޭ

ގއ. ކޮޑަފެހެލާއިން ހަދާފައި އޮތް ސޮލީބެއް ފެނިގެން ފުލުހުން އެރަށުގައި ޙަރަކާތްތެރިވާން ފަށައިފި

ގއ. ގެމަނަފުއްޓާއި އިންވެގެންއޮންނަ ކޮޑަފެހެލާއިން ކްރިސްޓިއަން ދީނުގެ މީހުން އަޅުކަންކުރަން ގެންގުޅޭ ވައްތަރަށް ހަދާފައިވާ ޞަލީބެއް ފެނިއްޖެއެވެ. ތެޅިގަލުން ރާނާ ސިމެންތި ޖަހާފައިވާ މި ސޮލީބަގެ ދިގުމިނުގައި 8 ފޫޓު ހުންނާނެ ކަމަށާއި މި ސޮލީބުގެ ފަހަތު ބައި ވަނީ ބިމަށް ވަންނަގޮތަށް ފަރުމާކޮށްފައެވެ.

އިތުރަށް ވިދާޅުވޭ
1 2 3 4 5