ސަރުކާރު ބަދަލުވެއްޖެއެވެ. ނާމާންކަމަށް ނިމުމެއް ނެތެވެ

އަމާންކަމުގެ ސުވަރުގޭގެ ގޮތުގައި ސިފަކުރަމުން އައި ދިވެހިރާއްޖެ މިހާރު މިވަނީ ނާމާންކަމުގެ ނަރަކައިގެ ގޮތުގައި ސިފަކުރެވޭ ހިސާބަށް ކަންހިނގާފައި ކަމަށް ގަބޫލުކުރެވެއެވެ. އެކަކު އަނެކަކަށް މާރާމާރީ ހިންގުމާއި ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުން މިވަނީ އާންމުވެފައެވެ. އެ ނުރައްކަލުގެތެރޭގައި ބޮޑެތި އަނިޔާތައް ލިބޭ މީހުންނާއި، މިދުނިޔެ ދޫކޮށްދާ މީހުންގެ އަދަދު މިދަނީ އިތުރުވަމުންނެވެ.

Read more

އަހަރެންގެ ގަލަމުން : ނަރަކަ ވެލިދޫ އަކީ ކޮބާ؟

“ނަރަކަ ވެލިދޫ” އަކީ ކޮބައިކަމެއް ވަރަށް ގިނަ މީހުންނަކަށް ނޭނގެއެވެ. ގިނަ މީހުން ހީކުރަނީ “ނަރަކަ ވެލިދޫ” އަކީ މިލަދުންމަޑުލު ދެކުނުބުރި، ނ.އަތޮޅު ވެލިދޫއަށް ކިޔާނަމެއް ކަމަށެވެ. އެހެން ހީކުރާ މީހުން، ވެލިދޫ ރައްޔިތުންނަށް ނިސްބަތްކޮށް ތިއީ ނަރަކަ ވެލިދޫ މީހެކޭ ބުނެއުޅެއެވެ.

Read more

ވެލިދޫ ބިން ހިއްކުމުގެ މަޝްރޫޢާ ބެހޭ ބައެއް މައުލޫމާތު

ސަރުކާރުން މިހާރު ފައްޓަވައިގެން ކުރިއަށް ގެންދަވާ ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، ނ.އަތޮޅު ވެލިދޫގެ ބިން ހިއްކުމުގެ ތައްޔާރީތައް މިހާރު ވަނީ ކުރެވިފައެވެ. މި ލިޔުމާއެކު އެޓޭޗް ކުރެވިފައި އެވާ ކުރެހުމުން އެފެންނަނީ ވެލިދޫގެ ލޭންޑްޔޫސް ޕްލޭނެވެ. ވެލިދޫއަށް އިތުރުކުރެވޭ ބިން ބޭނުންކުރުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލެވެ.

Read more

އުއްތަމަފަނޑިޔާރުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ނަންފުޅު ހުށަހަޅުއްވައިފި

އުއްތަމަފަނޑިޔާރުގެ މަގާމަށް ޢައްޔަން ކުރެއްވުމަށްޓަކައި ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ވައިޖެހޭގޭ އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން މިހާރު ހުންނެވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައެވެ.

Read more

އަލުން އިންތިޚާބަކަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ރިޔާސީ ނިޒާމް ފުރިހަމަކުރެއްވުމަށް ނުވަތަ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވައި އަލުން އިންތިޚާބަކަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތް ގޮތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Read more
1 2 3 244