ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލްކޮށްފި

އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ވެލިދޫ ގެ މިސްޓްރިކް ސްޕޯޓްސް ކްލަބު ގުޅިގެން ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލްކޮށްފި އެވެ. މިމަހުގެ 1 އިން 25 އަށް ނ.ވެލިދޫގައި ހިންގި މިޕްރޮގްރާމަކީ،ސްކޫލް ކުދިންނާއި ޢަންމުންނަށް ވެސް ބައިވެރި ވެވޭގޮތަށް ހިންގުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ނިންމުމުގެ ގޮތުން ނ.ވެލިދޫ، ނަހުޒާ ޕްރީ ސްކޫލުގައި  ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިޔުޓީ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުޙުރީއެވެ. ޖުމުލަ 70 ފަރާތެއް ބައިވެރިވި މިޕްރޮގްރާމްގައި 58

Read more

ވެލިދޫގައި ބަށި މުބާރާތެއް ބާއްވަނީ

ވެލިދޫގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ ހުސްއަލި ކޮންސްޓްރަކްޝަން ގެ ފަރާތުން ވެލިދޫގެ އަންހެނުން ނަށް އަމާޒުކޮށްގެން ވެލިދޫ ގެ ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުޅުމަށްހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ25 ގައެވެ. ހުސްއަލި ކޮންސްޓްރަކްޘަންގެ ފަރާތުން ވަނީ މީގެ ކުރިންވެސް ވެލިދޫ ޔޫތުޑިވެލޮޕްމަންޓް ސޮސައިޓީ(ވީޑްސް) އާއި ގުޅިގެން ވަނީ ނެޓްބޯޅަ މުބާރާތެއްވެސް ބާއްވާފައެވެ. މި ފަހަރުގެ މި ބަށި މުބާރާތަކީ ހަމައެކަނި އެ ކުންފުނިން ރާވާ ހިންގާ މުބާރާތެއްކަމަށް އެ މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ މުޙައްމަދު ޢަލީ ވީ އޯ

Read more

ނ. މިލަދޫ ގޮނޑުދޮށުގައި ހުރި ހަޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

މިލަދޫ ކައުންސިލާއި މިލަދޫ ކޯޓުގައި އަލިފާން ރޯވެގެން އަނދަމުންދަނީ: ފޮޓޯ: ސަން އޮންލައިން މީހުން ހިތްފަސޭހަކޮށްލުމަށް ނ. މިލަދޫ ގޮނޑުދޮށުގައި ހަދާފައި ހުރި ހަޓެއް ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގައިފި އެވެ. ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި އަލިފާނުގެ އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަޓްގައި ރޯވެފައި ވަނީ ކީއްވެގެން ކަން ނޭނގޭ ކަމަށާއި އެކަން އިތުރަށް

Read more

މާފަރު ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

މާފަރު ކައުންސިލްގެ ބައިއިލެކްޝަން ޕީޕީއެމް ކާމިޔާބު ކޮށްފި ކަމަށް އެޕާޓީން ބުނެފި އެވެ. ޕީޕީއެމްގެ ސްޕޯކުސް ޕާސަން އަހުމަދު މައުލޫފް ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓް އަންވަރު އަބުދުލްޣަނީ އަށް 323 ވޯޓް ލިބިފައިވާއިރު އެމްޑީޕީ އިން ވާދަކުރި މުހައްމަދު އަބުދުލް ޣަނީއަށް ލިބުނީ 283 ވޯޓްކަމަށެވެ. މާފަރުގައި މިއަދު ބޭއްވި ބައި އިލެކްޝަނުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 700 އަށް ވުރެ ގިނަ މީހުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މާފަރުގެ ގޮނޑި ޕީޕީއެމުން މިއަދު ކާމިޔާބު ކުރި އިރު މިމަހުގެ

Read more

އިންޑޮނޭޝިޔާއަށް އައި ބިންހެލުމާގުޅިގެން ރާއްޖެއަށް ސުނާމީ އިންޒާރުދީފި

އިންޑޮނޭޝިޔާއަށް 8.9 މެގުނެޓިއުޑްގެ ބާރު މިނުގެގައި ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި އެވެ. ބާރުގަދަ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާގެ އަޗޭ ކައިރި އަށެވެ. ބިންހެލުމާއި ގުޅިގެން  ސިންގަޕޯރ އަދި ސްރީލަންކާ އަދި އިންޑިޔާ އަދި ދިވެހިރާއްޖެއަށް ވެސް ސުނާމީ އެއް އަތުވެދާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކޮންމެވެސް ވަރަކަށް ކޮށްފާވެއެވެ. ރަށްރަށުންވެސް ސުނާމީ އެއް އަތުވެދާނެކަމަށް ދަނީ ތައްޔާރީ ހާލަތަކަށް އަންނަމުންނެވެ. މާލޭގައިވެސް އުސްޢިމާރާތްތަކުގައި މީހުން ނުތިބުމަށާއި ޢިމާރާތްތަކުގެތެރޭގައި ތިބި މީހުން ތިރިއަށް ފައިބަމުންދާކަމަށް

Read more
1 2 3 4 5 8